އީރާނުން އިސްރާއީލުގައި ޖާސޫސުކުރުމުގެ ހަރަކާތެއް ހިންގައިފި

އީރާނަށް ޖާސޫސްކޮށްދޭ ކަމުގެ ތުހުމަތުގައި އިސްރާއީލުގައި މަތީ ފެންވަރުގެ ޒަޔަނިސްޓު މަސްއޫލުވެރިއަކު ހައްޔަރުކޮށްފިއެވެ. އިސްރާއީލުގެ ޗެނަލް 13 އިން ބުނީ ޝިން ބެޓް އިން އިސްރާއީލުގެ އިސް މަސްއޫލުވެރިއަކު ހައްޔަރުކުރީ ވަރަށް ސީރިއަސް ސަލާމަތީ ކަންތައްތަކެއްގައި އެމީހާގެ ބައިވެރިވުން އޮތުމުން ކަމަށެވެ.

އޭގެ އިތުރުން، އިސްރާއީލުގެ ޖާސޫސީ އިދާރާއިން ވަނީ އީރާނުގެ ޖާސޫސީ އިދާރާތަކުގެ އިރުޝާދުގެ ދަށުން ސަލާމަތީ ހަރަކާތްތައް އިޒްރޭލުގައި ހިންގާފައިވާ ކަމަށް ޝައްކު ކޮށްގެން އިސްރާއީލުގެ 3 މީހަކު ވެސް ހައްޔަރު ކޮށްފައެވެ.

މިމީހުން ހައްޔަރުކުރުމުގައި ބައިވެރިވީ ޝިން ބެޓް އާއި ނޭޝަނަލް ޔުނިޓް ފޯ އިންޓަނޭޝަނަލް އިންވެސްޓިގޭޝަންސް އިންނެވެ.

އީރާނުގެ އިދާރާއިން މިމީހުންގެ އިސްމީހާއާ މުއާމަލާތު ކޮށްފައިވަނީ ޓެލެގްރާމް މެދުވެރިކޮށެވެ. އަދި އޭނާއަށް ބައެއް ކަންކަން ކުރުމަށް އިރުޝާދު ދިންކަމަށް އެއްބަސްވެފައި ވެއެވެ. އޭގެ ތެރޭގައި ޖަންގަލީތަކުގައި ހުޅު ޖެހުމާއި ޖަނަވާރު ނުވަތަ ބުދުގެ ކަރު ބުރިކޮށް ވަޅިއަކާއެކު ބައެއް ތަންތާނގައި ބެހެއްޓުމާއި އެކި ތަންތަނަށް ފައިސާ އުފުލައި ދިނުން ފަދަ ކަންކަން ހިމެނެއެވެ.

ހިއްސާ ކުރައްވާ!