ކޮވިޑް ވައިރަސް ފެތުރޭނެ ކަމަށް 40 އަހަރު ކުރިން ބުނެފައިވޭ

އެނގޭތަ؟ މީގެ 40 އަހަރު ކުރިން ލިޔުނު ވާހަކަ ފޮތެއްގައި ވޫހާނުން ކޮރޯނާ ވައިރަސް ފެތުރޭނެ ކަމަށް ލިޔެފައި ވެއެވެ. ޗައިނާގެ ވޫހާނުން ކޮރޯނާ ވައިރަސް ފެތުރުނުއިރު، މި ވާހަކަ ފޮތުގައިވެސް މި ވައިރަސް ފެތިރޭނެ ކަމަށް ބުނެފައި ވަނީ ވޫހާނުންނެވެ.އަދި ވައިރަސްއަށް ނަން ދީފައި ވަނީވެސް “ވޫހާން400″ގެ ނަމުންނެވެ. މިއީ ފޮތް ބުނާ ގޮތުން ލެބޯޓްރީގައި ތައްޔާރުކޮށްފައިވާ ބައޯ ހަތިޔާރެކެވެ.

މި ފޮތަކީ، 1981 ގައި ލިޔެފައިވާ The Eyes of Darkness   ނަކަށް ކިޔާ ފޮތެވެ. މި ފޮތް ލިޔެފައި ވަނީ Dean Koontz އެވެ. އަދި އެނގޭ ހެއްޔެވެ! މިއީ މި ވާހަކަ ލިޔނު ފުރަތަމަ ފޮތެއް ނޫނެވެ. 12 އަހަރު ކުރިން އެހެން ފޮތެއްގައިވެސް މި ވާހަކަ ކިޔެފައި ވެއެވެ. Sylvia Browne ލިޔެފައިވާ ފޮތުގައިވެސް ދުނިޔޭގެ ފެންވަރުގައި ވަރަސް ފެތުރޭނެ ކަމަށް ލިޔެފައި ވެއެވެ.

“2020ގައި ވަރަށް ވަރުގަދަ ނިއުމޯނިއާ ކަހަލަ ބައްޔެއް މުޅި ދުނިޔެއަށް ފެތުރެމުން ދާނެއެވެ. މިއިން މީހުންގެ ފުއްޕާ މެއަށާއި ނޭވާލާ ހޮޅިއަށް ހަމަލަ ދޭނެއެވެ. އަދި ލިބެން ހުރި ހުރިހައި ފަރުވާއަކަށްވެސް މިބަލި ބައްޔެއް ނުކުރެވޭނެއެވެ.” މިހެން މި ފޮތުގައި މި ބަލި ސިފަކޮށްދީފައި ވެއެވެ. އަޅެ، ކޮވިޑް19 އާ ވައްތަރެއް ނޫން ހެއްޔެވެ؟ މި ފޮތަކީ، Sylvia Browne ލިޔެފައިވާ  End of Days: Predictions and Prophecies ފޮތެވެ. މި ފޮތް ޝާއިއުކޮށްފައިވަނީ 2008 ގައެވެ.

ހިއްސާ ކުރައްވާ!