ލިޔުންތެރިޔާ މުހައްމަދު އަމީން މަތިން ހަނދާންކޮށްލާ ކަހަލަ ދުވަހެކެވެ. ވާހަކައަކީ ދެ މުހައްމަދު އަމީނެއްގެ ވާހަކައެވެ. އެއް މުހައްމަދު އަމީންގެ މަތިން ހަނދާން ކޮށްދެއްވީ އަނެއް މުޙައްމަދު އަމީންގެ ކާފަ ދަރިފުޅެވެ.
މުޙައްމަދު އަމީން ނިޔައުވީ، އުމުރުން 53 އަހަރުގައި 1996ގެ ނޮވެމްބަރު މަހު ކޮމޮރޮސްގެ އައްސޭރި ފަށަށް އޭނާ ދަތުރު ކުރި ބޯޓު ވައްޓާލުމުންނެވެ.
ކެންޔާގެ ފޮޓޯ ޖަރނަލިސްޓަކީ، ރާއްޖޭއާ ބެހޭ ގޮތުން ލިޔެފައިވާ “ޖަރނީ ތުރޫ މޯލްޑިވްސް”ގެ ފޮޓޮގްރާފަރެވެ. ރާއްޖެއަށް ދަތުރު ކުރުމަށްފަހު މާގިނަ ދުވަސް ނުވަނީސް އޭނާ އިތިއޯޕިއާއަށް ކުރި ދަތުރަށްފަހު އެނބުރި ރަށަށް ދިޔަ ބޯއިންގ 747ގެ ފްލައިޓް ޓެރަރިސްޓުންގެ ބަޔަކު ހައިޖެކްކޮށްގެން އޮސްޓްރޭލިއާއަށް ގެންދަން އުޅުމުގެ މަގު މަތީގައި ބޯޓުން ތެޔޮ ހުސްވެގެން ވެއްޓި ދަތުރު ކުރި މީހުން މަރުވީއެވެ.
ޖަރނީ ތުރޫ މޯލްޑިވްސްއަކީ ރާއްޖޭގެ އަތޮޅުތައް ވަކިން ތަފްސީލުކޮށް ލިޔެފައިވާ ފޮތެކެވެ. ކޮންމެ އަތޮޅެއްގެ ޚާއްސަ ކަމާއި ސަގާފަތާއި އާދަކާދައަށް އަލިއަޅުވާފައި ވެއެވެ.
Just walked into a charity shop during my break, saw this & bought it. The guy selling it says, “I bet you wish you could go there”. Me: “One can dream”. pic.twitter.com/FY6W2xLfes
— Farah Faizal (@DrFarahFaizal) March 6, 2023
މުޙައްމަދު އަމީނަކީ، އިތިއޮޕިއާގެ ޑިކްޓޭޓަރ މަންގިސްޓޫ ހެއިލީ މާރިއަމްގެ ވެރިކަމުގައި އެގައުމަށް ދިމާވި ބަނޑަށް ޖެހުން ފޮޓޯއިން ދުނިޔެއަށް ދެއްކި ފޮޓޯޖާނަލިސްޓެވެ. ޔުގެންޑާގެ ދާދާ އީޑީ އަމީންގެ ވެރިކަންވެސް ކެމެރާ މެދުވެރިކޮށް ގެނަސްދިން މީހަކީ އަމީނެވެ.
އަމީންގެ ފޮތުގެ ވާހަކަ ގެނަސްދޭން މިޖެހުނީ އިނގިރޭސިވިލާތުގައި ހުންނަވާ ރާއްޖޭގެ ސަފީރު، ރާއްޖޭގެ މުހިއްބުލް ވަޠަން ޝަހީދު، ރައީސް އަމީން ދީނީގެ ކާފަދަރިފުޅު، ޑރ. ފަރަހަނާޒް ފައިސަލަށް މިފޮތް ލިބިވަޑައިގަތުމުން ކުރެއްވި ޓުއީޓަކުންނެވެ.