އިންޓެލް ކުންފުނީގެ ބާނީގެ ހަޔާތާ ބެހޭ ގޮތުން

“މޯރސް ލޯ: ދަ ލައިފް އޮފް ގޯޑަން މޫރް، ސިލިކަން ވެލީސް ކިއުޓް ރިވޮލިއުޝަނަރީ” އަކީ މައިކްރޯޗިޕެއްގައި ހުންނަ ޓްރާންސިސްޓަރުގެ އަދަދު ކޮންމެ ދެ އަހަރަކުން ދެގުނައަށް އިތުރުވާނެ ކަމަށް ބުނާ މަޝްހޫރު ނަޒަރިއްޔާ އެކުލަވާލި ގޯޑަން މޫރުގެ ބަޔޮގްރަފީއެކެވެ. މި ނަޒަރިއްޔާ މަޝްހުރު ވެފައި ވަނީ “މޯރްސް ލޯ” ގެ ނަމުންނެވެ.

“މޯރސް ލޯ: ދަ ލައިފް އޮފް ގޯޑަން މޫރް، ސިލިކަން ވެލީސް ކިއުޓް ރިވޮލިއުޝަނަރީ” އަކީ ޖުމްލަ 16 ބާބުގެ މައްޗަށް ހިމެނޭ ފޮތެކެވެ.

މި ފޮތުގައި މޯރުގެ ދިރިއުޅުމާއި ކެރިއަރު ދިރާސާކޮށްފައިވާއިރު، ކެލިފޯނިއާގައި އޭނާ ހޭދަކުރި ޅަފަތުގެ ދުވަސްވަރުން ފެށިގެން ކެލިފޯނިއާ އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގައި ތައުލީމު ހާސިލްކުރި ޒަމާން ތަފްސީލުކޮށްފައި ވެއެވެ.

އެއަށްފަހު ސެމީކޮންޑަކްޓަރ އިންޑަސްޓްރީގައި މޯރގެ މަސައްކަތާއި ފަހުން، ޝޮކްލީ ސެމީކޮންޑަކްޓަރ ލެބޯޓްރީގައި އޭނާ މަސައްކަތްކުރި ދުވަސްވަރުގެ ވާހަކަތަކަށް ފަހު ރޮބަޓް ނޮއިސްއާ އެކު އިންޓެލް އެ ނަން ގަނެގެން އިންޓެލް އުފެއްދި ދުވަސްވަރަށް އަލިއަޅުވާ ފައި ވެއެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އިންޓެލް އެނަން އެނަން އެހެން މީހަކު ގެންގުޅެނިކޮށް މޫރ ގަތީއެވެ. ނަމަވެސް މި ފޮތގައި އެވާހަކަ ބަޔާނެއް ނުކުރެއެވެ. މިފޮތުގައި ބުނެފައިވާ ގޮތުން “އިންޓެލް” އެ ނަން ހުށަހެޅީ އެ ކުންފުނީގެ ކުރީގެ މުވައްޒަފުންގެ ތެރެއިން މުވައްޒަފެއް ކަމަށްވާ ލެސްލީ އެލް ވަޑާސް އެވެ. އާ ކުންފުންޏަށް ނަމެއް ހޯދުމުގެ މަސައްކަތް ހަވާލުކޮށްފައި އޮތީ ވަޑާސް އާއެވެ.

ގިނަ ގޮތް ގޮތަށް ވިސްނުމަށްފަހު ވަޑާސް އަށް “އިންޓެލް” އެ ނަން ކަމުދިޔައެވެ. އެއީ “އިންޓެގްރޭޓެޑް އިލެކްޓްރޯނިކްސް” ގެ ކުރު ނަމެކެވެ. މޫރ އާއި ނޮއިސް އަށް މި ނަން ކަމުގޮސްގެން އެ ކުންފުނީގެ ރަސްމީ ނަމެއްގެ ގޮތުގައި ނަން ފާސްވިއެވެ.

މިކަމުގައި އެންމެ ފާހަގަކޮށްލެވޭ ކަމަކީ ކުންފުނީގެ ކުރީކޮޅު އެ ނަމަކީ އާންމުން ގަޔާވި ނަމެއް ނޫނެވެ. މެނޭޖްމަންޓް ޓީމުގެ ބައެއް މެމްބަރުން ކަންބޮޑުވީ އެއީ މާ ބޮޑަށް “އިންޓެލެކްޗުއަލް” މި ލަފުޒާ އެއްގޮތް ލަފުޒެއް ކަމަށް ވާތީ، އޭގެ ސަބަބުން ކަސްޓަމަރުން ގެއްލިދނެތީއެވެ. ނަމަވެސް އެ ނަން އާންމުވެ، ޒަމާނާއެކު ޓެކްނޮލޮޖީގެ ސިނާއަތުގައި އެންމެ މަޝްހޫރު އެއް ބްރޭންޑަކަށް ވެއްޖެ އެވެ.

މައިކްރޯޗިޕެއްގައި ހުންނަ ޓްރާންސިސްޓަރުގެ އަދަދު ކޮންމެ ދެ އަހަރަކުން ދެގުނައަށް އިތުރުވާނެ ކަމަށް ބުނެފައިވާ “މޫރގެ ގާނޫނު” ވެސް މި ފޮތުގައި ތަފްސީލުކޮށް ބަލާފައިވެ އެވެ.

“މޯރްސް ލޯ: ދަ ލައިފް އޮފް ގޯޑަން މޫރް، ސިލިކަން ވެލީގެ ކިއުޓް ރިވޮލިއުޝަނަރީ” އިން އެންމެ ފާހަގަކޮށްލެވޭ އެއް ނުކުތާއަކީ، ޓެކްނޮލޮޖީ އިންޑަސްޓްރީއަށް ގޯޑަން މޫރްގެ ސަބަބުން ކުރި ބޮޑު އަސަރެވެ. އަދި ކޮމްޕިއުޓަރ އިންޑަސްޓްރީއަށް އިންގިލާބެއް ގެނެސްދިން މައިކްރޯޕްރޮސެސަރު އުފެއްދުމުގެ އިތުރުން އިންޓެލް އުފެއްދުމާއި ތަރައްގީ ކުރުމުގައި މޫރގެ ދައުރު ވެސް މި ފޮތުގައި ތަފްސީލުކޮށްފައިވެއެވެ. އޭގެ އިތުރުން، ހަމައެކަނި އިންޓެލްގައި އޭނާ ކުރި މަސައްކަތުގެ އިތުރުން، އުމުރުގެ ފަހުބައިގައި މޫރގެ ޚިދުމަތްތަކާއި މުޅި ސިނާއަތަށް ފޯރާފައިވާ އޭނާގެ ނުފޫޒަށް އަލިއަޅުވާލައެވެ.

ޖުމްލަކޮށް ބަލާއިރު، މި ފޮތުގައި މޫރް ސިފަކޮށްފައިވަނީ ޓެކްނޮލޮޖީގެ ސިނާއަތަށް ވަރަށް ފުން އަސަރެއް ކޮށް، މިއަދު އަޅުގަނޑުމެން މި ދިރިއުޅޭ ދުނިޔެ ބައްޓަން ކުރުމަށް އެހީތެރިވެދިން މޮޅު އިންޖިނިއަރެއްގެ ގޮތުގައެވެ.

ހިއްސާ ކުރައްވާ!