އަލްޖީރިއާގެ ޒުވާން އަންހެން ލިޔުންތެރިޔާ

އަލްޖީރިއާގެ ޒުވާނާ ސާރާ ރީވަންސް ވާހަކަތައް ލިޔަނީ، ފްރެންޗް “ލަ ފީއޭ ފްލޫ” ނުވަތަ “މިސްޓޭރިއަސް ގާލް” ގެ ނަމުންނެވެ. އަދި އޭނާގެ ވާހަކަ ފޮތްތައް އަމިއްލަ ގައުމު އަލްޖީރީއާގައި މީހުން ކިޔައެއް ނޫޅެއެވެ.

މި ޒުވާނާގެ އުމުރަކީ 24 އަހަރެވެ. އޭނާ އަކީ އަލްޖީރިއާގެ ކުޅިވަރު ކުލަބެއްގެ އޮފީހެއްގައި މަސައްކަތް ކުރާ މުވައްޒަފެކެވެ.

ލިޔުންތެރިކަމުގައި އޭނާ މަސައްކަތް ފެށީ 2019 ވަނަ އަހަރު ކެނެޑާގެ “ވޮޓްޕެޑް” ޕްލެޓްފޯމް މެދުވެރިކޮށް، ޔޫރަޕްގެ ގައުމުތަކުގެ ޒުވާން ކިޔުންތެރިންނަށް އަމާޒުކޮށްގެންނެވެ.

މިޒުވާނާ ވަނީ ފްރެންޗް ބަހުން 3 ވާހަކައެއް ޝާއިއުކޮށްފައެވެ. އެ ހުރިހާ ވާހަކައެއް ވެސް ފްރާންސްގައި ބެސްޓްސެލަރއަށް ވެފައި ވެއެވެ.

އޭނާގެ އެއް ފޮތް “ދަ ހޮސްޓޭޖް” ގެ ފުރަތަމަ ބައިގެ 9 މިލިއަނަށްވުރެ ގިނަ ފޮތް ޑިޖިޓަލްކޮށް މީހުން ކިޔފައި ވެއެވެ. އަދި 8 މިލިއަން ޕްރިންޓް ވިކިފައި ވެއެވެ. މިއީ ހެރީގެ ސްޕެއަރ އަށްވުރެން ގިނައިން ވިކިފައިވާ ފޮތް ކަމަށް ފްރާންސް މީޑިއާއިން ބުނެއެވެ.

ހިއްސާ ކުރައްވާ!