ބްލިންކެންގެ ދެކުނު އިރުމަތީ އޭޝިއާގެ ދަތުރުފުޅު ކާމިޔާބެއް ނުވި

ދެކުނު އިރުމަތީ އޭޝިއާގައި އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޯނީ ބްލިންކެން ހަތަރު ގައުމަކަށް ކުރެއްވި ދަތުރުފުޅުގެ މަގްސަދު ޙާސިލު ނުވެ ނާކާމިޔާބު ވެވަޑައިގެންފިއެވެ. އޭނާގެ މައިގަނޑު އެއް އަމާޒަކީ ޗައިނާ އާއި ރަޝިޔާއާއާ އެ ސަރަހައްދުގެ ޤައުމުތަކާ ދޭތެރެ ޖެއްސުމަށް މަސައްކަތް ކުރެއްވުން ކަމަށް ޕެސިފިކް ރިމް އިންޓަނޭޝަނަލް ސްޓަޑީޒް ސެންޓަރގެ ތަޖުރިބާކާރުން ވިދާޅުވެއެވެ.

ޖުލައި 25 ވަނަ ދުވަހު ބްލިންކެން ފެށްޓެވި، އޭޝިއާގެ 10 ދުވަހުގެ ދަތުރުފުޅުގެ ތެރެއިން ބްލިންކެން ވަނީ ވިއެޓްނާމް، ލާއޯސް، ފިލިޕީންސް އަދި ސިންގަޕޫރަށް ވަޑައިގެންފައެވެ. ރަޝިޔާއާއި ޗައިނާގެ ޚާރިޖީ ވަޒީރުން ވަނީ އާސިއަންގެ 57 ވަނަ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގެ ހަވާސާގައި ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާ ބައްދަލު ކުރެއްވުމަށް ހުކުރު ދުވަހު ލާއޮސްއަށް ޒިޔާރަތް ކުރައްވާފައެވެ.

ޗައިނާ އާއި ރަޝިޔާގެ ‘ނުފޫޒު’ ކޮންޓްރޯލު ކުރުމަށް އެމެރިކާއިން އިޢުލާންކޮށްފައިވާ އިންޑޯ-ޕެސިފިކް ސްޓްރެޓެޖީގެ ދަށުން އެ ސަރަހައްދަށް ވަޢުދުވެފައިވާކަންކަން އަލުން ކަށަވަރުކުރުމުގެ އިތުރުން، ބްލިންކެންގެ މި ދަތުރުފުޅުގެ އަމަލީ ނަތީޖާއެއް ޙާޞިލެއް ނުކުރެވުނެވެ. އަދި ޤައުމުތަކުން އާންމުކޮށް ވިސްނުން ބަހައްޓާފައި ވަނީ އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ނިމެންދެން ވާގޮތެއް ބަލަން ތިބޭށެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ވައިޓް ހައުސްގެ ހަގީގީ ވެރިޔަކީ ކާކުތޯ ޔަގީން ނުވާ ދަނޑިވަޅެއްގައި އިރުމަތީ ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުން އެމެރިކާއާ މެދު ދެކޭގޮތް ފާޅުގައި ހާމަކުރަން ފަސްޖެހެއެވެ.

ބްލިންކެން ބޭނުންފުޅުވަނީ އޭނާއަކީ ސްޓްރެޓިސްޓެއްކަން ދެއްކެވުމަށް ކަމަށްވެސް މުޙައްލިލުން ދެކެއެވެ. ނަމަވެސް އޭނާ ސަރަހައްދުން ފުރައިވަޑައިގަތީ، އޭނާގެ ދަތުރުފުޅުގެ މަޤްޞަދު ޙާސިލު ނުކުރެވިކަމަށް އެފަރާތްތަކުން ދެއެކެވެ.

ހިއްސާ ކުރައްވާ!