ޔޫކޭއާއި އެމެރިކާއިން ހަސީނާގެ ވިސާއަށް ވީކިހިނެއް؟

ޔޫކޭއިން ހަސީނާއަށް ހިމާޔަތް ދިނުމަށް ދަތިތަކެއް ދިމާވެފައި ވަނީ މަސްއޫލުވެރިން ވިދާޅުވާ ގޮތުގައި ބަނގްލަދޭޝްގައި މުޒާހަރާގެ ބައިވެރިން މަރާލުމުގެ މައްސަލަތުގެ ތަޙުޤީޤެއް ހިނގާއިރު އެކަމުން ހަސީނާއަށް ޙިމާޔަތް ލިބިވަޑައިނުގަންނަވާނެ ތީއެވެ.

އެމެރިކާއިން ބުނެފައި ވަނީ ވިސާގެ މައްސަލަތަކަކީ ސިއްރު މައްސަލަތަކެއް ކަމުން އެކަން ބަހުސް ކުރެވެން ނެތް ކަމަށެވެ. ނޫސްތަކުން ރިޕޯޓް ކޮށްފައި ވަނީ ޙަސީނާއާއި އޭނާގެ ކޮއްކޮއާއި އޭނާގެ ސަރުކާރުގެ މަސްއޫލުވެރިންނަށް ކުރިން ދީފައިވާ ވިސާ އެމެރިކާއިން ހިފަހައްޓާފައިވާ ކަމެވެ. ނަމަވެސް އެމެރިކާ ސަރުކާރުން އެކަމަށް އެއްވެސް ތަފްސީލެއް ހާމަ ކުރާކަށް ބޭނުމެއް ނުވިއެވެ.

ހަސީނާގެ ދަރިފުޅު ސަޖީބް ވާޖިދު ވިދާޅުވަނީ އޭނާގެ މަންމަ އިންޑިއާ ދޫކުރެއްވުމަށް އަދި ގޮތެއް ނިމިފައި ނުވާކަމަށެވެ.

ހިއްސާ ކުރައްވާ!