އެމެރިކާއިން ޖަޕާނުގެ ޖީލެއް ފަނާކޮށްލި މުނާސަބާގައި ޒަޔަނިސްޓުން ބައިވެރި ނުކުރާތީ ރުޅިގަދަ ވެއްޖެ

ފަލަސްޠީނުގެ ނަސްލު ނައްތާލައި ޤަތުލުއާންމުތައް ހިންގަމުން ގެންދާ ޒަޔަނިސްޓު ޢުދުވާނީ ޒަޔޫދީ ދައުލަތުގެ ސަފީރަށް ދައުވަތު ނުދޭތީ، ޖަޕާނަށް އެޓޮމިކް ބޮން އަޅައި ޖީލެއް ފަނާ ކޮށްލި އެމެރިކާ ގާތަށް ރުޅި އަތުވެއްޖެއެވެ. އެމެރިކާއިން ބުނެފައި ވަނީ ޖަޕާނުގައި ހުންނަ ޒަޔަނިސްޓު ޤައުމުގެ ސަފީރަށް ދަޢުވަތު ނުދޭތީ، ނަގާސާކީގައި އޮންނަ އެމެރިކާގެ އުދުވާނުގެ މުނާސަބާ ފާހަގަ ކުރާ ހަފްލާއަށް އެމެރިކާ ސަފީރު ހާޒިރު ނުވާނެ ކަމަށެވެ. އަދި އެމރިކާގެ ތައްޕާހުން އުޅޭ އިނގިރޭސިންނާއި އޮސްޓްރޭލިޔާއާިއ ކެނެޑާއާއި އިޓަލީންވެސް ބުނެފައި ވަނީ އެގައުމުތަކުގެ ސަފީރުންވެސް މި މުނާސަބާގައި ބައިވެރި ނުވާނެ ކަމަށެވެ.

ނަގާސާކީން ބުނެފައި ވަނީ އުދުވާނީ ޤައުމުގެ ވާގިވެރިން ބައިވެރި ނުވިއަސް ހުކުރު ދުވަހު އޮންނަ އިޙުތިފާލު އެގޮތުގައި ކުރިއަށް ގެންދާނެ ކަމަށެވެ.

ހިއްސާ ކުރައްވާ!