އީރާނުގެ ޙަމަލައަށް ބިރުން ޔަހޫދީން ތިބެނީ ހޭލާ

ކުރިއަށް އޮތް 24 ގަޑި އިރުގެ ތެރޭގައި އިޒްރޭލަށް އީރާނުން ޙަމަލަ ދޭނެ ކަމަށް އިޒްރޭލުގެ ވާލާ މީޑިއާއާއި ޓައިމްސް އޮފް އިޒްރޭލުން ބުނެފިއެވެ. އަދި ފޮކްސް ނިއުސް އިންވެސް ވަނީ 24 ގަޑި އިރުތެރޭ އީރާނުން ޙަމަލަ ދޭނެ ކަމަށް ރިޕޯޓު ކޮށްފައެވެ.

އެކްސިއޮސްއިން ރިޕޯޓް ކޮށްފައިޥާ ގޮތުގައި އީރާނުން ޔަހޫދީންނަށް ހަމަލަ ދޭއިރު އެޙަމަލަ 3 ދުވަސްވަންދެން ކުރިއަށް ދާނެއެވެ.

ޙަމާސްގެ ލީޑަރު އީރާނުގައި ހުއްޓައި އީރާނަށް އިޒްރޭލުން ދިން ޓެރަރިސްޓް ޙަމަލއެއްގައި ޝަހީދުކޮށްލުމުން އެކަމަށް ބަދަލު ހިފާނެ ކަމުގެ ޔަޤީންކަން އީރާނުން ވަނީ ދީފައެވެ. އަދި އީރާނުގެ އެންމެ މަތީ ލީޑަރު ޢަލީ ޚާމަނާއީވެސް ވަނީ އެ ޙަމަލަ ކުރިއަށް ގެންދިއުމަށް ސިފައިންނަށް ހުއްދަ ދެއްވާފައެވެ. އީރާނުން ވަނީ ސިފައިން ރުކުރުވާލާފައެވެ. އަދި ތަމްރީނުތައްވެސް ބާއްވާފައެވެ.

އީރާނުން ދީފާނެ ޙަމަލައަކަށް ބިރުން ޔަހޫދީން ވަނީ ބިންގަރާސްތައް ތައްޔާރުކޮށްފައެވެ. އީރާނުން ދިން އިންޒާރަށް ފަހު ޔަހޫދީ ސަރުކާރުގެ ބޮޑުންތައް ދިރިއުޅެމުން ދަނީ ބިންގަރާހުގައެވެ.

އިޒްރޭލުގެ މީޑިއާއިން ބުނަނީ ރޭގަނޑު މީހުން ތިބެނީ ޙަމަލައަކަށް ބިރުން ހޭލައި ތިބޭ ކަމަށެވެ. އަދި ދުވާލު ވުމުން މީހުން ނިދަން ދިއުމާއެކު އިޒްރޭލުގެ މަގުތައް ހިމޭން ވެފައި އޮންނަ ކަމަށެވެ.

ހިއްސާ ކުރައްވާ!