ސޫދާން: މިނިވަންކަމަށް 68 އަހަރު ހަނގުރާމައިގައި 60 އަހަރު

ސޫދާނާ ބެހޭ ގޮތުން އެންމެ މަޝްހޫރު ވާހަކައަކީ ސޫދާން މީހުން ފަތިސް ނަމާދަށް ތެދުވާ ވާހަކައެވެ. ޖަމާޢަތުގައި ނަމާދު ކުރެއެވެ. އެކަމަކު ޖޯކަކަށް ނަމަވެސް ބުނެވޭ ވާހަކައަކީ، ފަތިސް ނަމާދަށް އެންމެން މި ތެދުވަނީ، އެކަކަށް ވުރެ ކުރިން އަނެކަކު ތެދުވެ، ފަތިހު ސަރުކާރު ވައްޓާލުމުގެ ނިޔަތުގައެވެ!

ކުރީގެ ޑިކްޓޭޓަރ ޖައުފަރު ނުމެއިރީ

އިންޤިލާބުތަކާއި އެ އިންޤިލާބުތަކާ ދެކޮޅަށް ގެނައިި އިންޤިލާބުތަކާއެކު ސޫދާންގެ 68 އަހަަރުގެ މިނިވަންކަމުގެ 60 އަހަރަކީ ހަނގުރާމައިގެ އަހަރުތަކެވެ. ސޫދާންގެ އެންމެ ފުރަތަމަ ހަނގުރާމައަކީ، އެ ޤައުމުގެ މިނިވަންކަމުގެ ކުރިން 1955 ވަނަ އަހަރު ކުރި ހަނގުރާމައެވެ. އެ ހަނގުރާމައިގައި ސުލްހަ ޤާއިމް ކުރީ އެއިރުގެ އިތިއޮޕިއާގެ އެމްޕެރަރ ހޭލާސްލާސީގެ ބާރުއެޅުއްވުމަށް އެޑިސްއަބާބާގައި ބޭއްވި ސުލްޙައިގެ ވާހަކަތަކުންނެވެ. އެއަށްފަހު ދެކުނު ސޫދާނަށް ޒާތީ މިނިވަން ކަން ލިބުނެވެ. ފަހުން އެމެރިކާގެ ނަސާރާއިން އެތަން ވަކި ދައުލަކަތަށް މިނިވަން ކުރުމަށް ފައިސާ ދީގެން ހަނގުރާމަ ކުރުވީއެވެ. ދެކުނު ސޫދާނުގައި އަދިވެސް ދަނީ ނަސާރާ ޖަމާއަތްތަކުގެ މެދުގައި އަހުލީ ހަނގުރާމަ ކުރަމުންނެވެ. ރައީސް ސަލްވާ ކީރް ގެ މުސްކުޅި ކަމާއެކުވެސް އޭނާ ވެރިކަން ދޫކުރައްވާކަށް ބޭނުމެއް ނުވެއެވެ. އެންމެފަހުންވެސް ފެނުނީ ކޮއްޅަށް ހުއްނަވަނިކޮށް، ގަޔަށް ފަހަރުވަ ލެވިފަ ހުއްޓައެވެ. އެ ވީޑިއޯ ކުރި މީހާ މިހާރު ވަނީ ޖަލަށް ލާފައެވެ.

2023ގައި ފެށުނު  ޖެނަރަލުންގެ ހަނގުރާމައިގައި ސޫދާން ވަނީ އައު ބުރަކަށް އަހުލީ ހަނގުރާމައަކަށް ވެއްޓިފައެވެ. މި ހަނގުރާމައިގައި ޢަރަބި އިމާރާތުން ވާގިވެރިވާ ކަމަށާއި ފިތުނަ އުފެއްދުމުގައި އެ ޤައުމުގެ އަތެއްވާ ކަމަށް ތުހުމަތު ކުރެވެއެވެ.

21 އަހަރުގެ އަހުލީ ހަނގުރާމަ ނިންމި މުޢާހަދާ: ޖެނަރަލައާއި ޠާހާއާއި ޖޯން ގަރަންގް ސޮއިކުރެއްވި މުޢާހަދާ، ޑިކްޓޭޓަރ އަލްބަޝީދު ބަލަހައްޓަވައިގެން

ސުދާންގެ އަހުލީ ހަނގުރާމައިގައި އިންސާނިއްޔަތާ ދެކޮޅު ޖަރީމާތައް ހިންގުމާއި މީހުން ބަނޑަށް ޖެހުމުގެ ހާދިސާތައްވެސް ރިޕޯޓު ކޮށްފައި ވެއެވެ. ޖެނީވާގައި އެމެރިކާ އިސްވެ އޮވެގެން ބާއްވާ ސުލްހައިގެ މަޝްވަރާތައް މިހަރުވެސް ދަނީ ހިނގަމުން ދެއެވެ.

ސޫދާނަކީ ދަނޑުވެރިކަމަށް ބިން މުއްސަނދި ޤައުމެކެވެ. އަދި ގިނަ އަދަދަކަށް ރަނާއި އެހެން މަޢުދަންތައްވެސް ހިމެނެއެވެ. އަރަބި އިމާރާތުގެ ވެރިންނާއި އެމެރިކާއިން އަދި ރަޝިޔާއިންވެސް އެކަމަށް ކަޅި އަޅަމުން ދެއެވެ.

ހިއްސާ ކުރައްވާ!