ސްރީލަންކާގެ ރިއާސީ އިންތިޚާބުގައި ކުރިމަތިލާފައިވާ ފަރާތްތަކުން، ކޮންމެ ކެންޑިޑޭޓަކަށް އިންތިޚާބުގައި ޚަރަދު ކުރެވޭނީ އެންމެ ގިނަވެގެން، 1.8 ބިލިއަން ރުޕީސް އެވެ. އެގޮތަށް ކަނޑައަޅާފައި ވަނީ، 2023ގައި ފާސްކުރި އިންތިޚާބުތަކުގައި ޚަރަދު ކުރުމާ ބެހޭ ޤާނޫނުންނެވެ.
ޤާނޫނުގައި ބުނާ ގޮތުން މި ޢަދަދުގެ 60 އިންސައްތަ ކެންޑިޑޭޓު އަމިއްލައަށް ޚަރަދު ކުރެވިދާނެއެވެ. އަދި ބާކީ އޮތް 40 އިންސައްތަ ކެންޑިޑޭޓަށް ސަޕޯޓު ކުރާ ފަރާތްތަކަށް ޚަރަދު ކުރެވިދާނެއެވެ.
މިއިންތިޚާބުގައި 8 ބޭފުޅަކު ކުރިމަތިލައްވާފައި ވެއެވެ.
ސްރީލަންކާގެ އާބާދީ ދަށްވަމުންދާ މިންވަރާ މެދު ތަޖުރިބާކާރުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. 1953ގައި ސްރީލަންކާގައި އެވަރެޖުކޮށް، އަންހެނަކު ވިހާ ނިސްބަތް އޮތީ 5.3 ޕަސެންޓްގައެވެ. ނަމަވެސް 2023ގެ ތަފާސްހިސާބުން ދައްކަނީ، އެ ނިސްބަތް، 1.97 އަށް ދަށްވެފައިވާ ކަމަށެވެ.
2041ގައި ސްރީލަންކާގެ ކޮންމެ 4މީހެއްގެ ތެރޭން އެކަކު އުޅޭނީ 60ން މަތީގައެވެ.
ސްރީލަންކާއިން މީހުން ހިޖުރަ ކުރަމުން ދިއުމުގެ މައްސަލަ ބޮޑުވެފައި ވުމުން އެކަމަކީވެސް އާބާދީ ދަށްވެގެން ދިއުމަށް ބާރަކަށް ވެފައި ވެއެވެ.
ސްރީލަންކާގެ ޓީވީ ޕްރޮގްރާމެއްގައި ސިޔާސީ ލީޑަރުންގެ ދެމީހަކު މާރާމާރީ ހިންގައި ގަޔަށް އަތްލައިފިއެވެ. ދެމީހުންނަކީވެސް ތަމަޅަ ސިޔާސީ ޕާޓީތަކުން ހޮވިފައިވާ ޕާލަމެންޓުގެ މެމްބަރުންނެވެ.
ސްރީލަންކާގެ ޑިމޮކްރެޓިކް ނިޒާމަށް ސްކޫލު ކުދިން ހާނައި އެކުދިންނަށް މަޢުލޫމާތު ދިނުމަށް ރައީސް ރަނިލް ވިކްރަމަސިންހަ ހިންގަވާ ޕްރޮގްރާމުގެ ދަށުން ދެ އަހަރުގެ ތެރޭގައި އެތައް ސްކޫލަކުން 35 ހާސް ކުދިން ސްރީލަންކާގެ ރިއާސީ ގަނޑުވަރާއި ޕާލަމެންޓާއި ދައުލަތުގެ މުހިންމު މަރުކަޒުތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ހޯދައިފިއެވެ. މިއީ ސަރުކާރާ ދެކޮޅަށް ކުދިން ނިކުމެ ރިއާސީ ގަނޑުވަރުގެ ޙުރުމަތް ކަނޑާލުމަށްފަހު އެތަންތަން ޒުވާނުންނަށް ދައްކައި ހޭލުންތެރިކުރުމަށް ހިންގާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގައި ބައެއް ސެޝަންތައް ވިކްރަމަސިންހަވެސް ނަންގަވައި ދެއްވިއެވެ.
ސްރީލަންކާގެ ތައުޙީދު ޖަމާޢަތުން، އީސްޓާ ސަންޑޭގައި ފައްޅިއަށް ދިން ހަމަލާގައި މީހުން މަރާލުމާ ގުޅިގެން ކުރީގެ ރައީސް މައިތިރިޕާލާ ސިރިސޭނާއާއި އެއިރުގެ ފުލުހުންނާއި އިންޓެލިޖެންސްގެ ވެރިން އެ ހަމަލާގައި ގެއްލުން ލިބުނު ފަރާތްތަކަށް ބަދަލު ދޭން ސުޕްރީމް ކޯޓުން ކުރި ޙުކުމްގެ ދަށުން ސިރިސޭނާ ދައްކަވަން ޖެހޭ 100 މިލިއަން ރުޕީސްގެ ބަދަލު ދެއްވައި އެކަން އޭނާ ޚަލާސް ކުރައްވައިފިއެވެ. ބަދަލު ދިނުމަށް ޙުކުމް ކުރީ އިންޓެލިޖެންސް މަޢުލޫމާތު ލިބުމާ ގުޅިގެން އެކަމުގައި އެ ވެރިން ފިޔަވަޅު އަޅުއްވާފައި ނުވުމުންނެވެ. އެ ދަޢުވާ ހުށަހެޅީ ބާ އެސޯސިއޭޝަންއާއި އަމިއްލަ ފަޜާތްތައް ގުޅިގެންނެވެ.
ސްރީލަންގެ ޕޮލިސް އިންސްޕެކްޓަރަކާއި ކޮންސްޓަބަލަކު ދޮޅު ކިލޯ ހެރޮއިން ސަޕްލައިކުރަން އުޅުމުގެ ތެރޭގައި ހައްޔަރުކޮށްފިއެވެ. މިމީހުން ހައްޔަރުކޮށްފައި ވަނީ މޮރަޓުވާއިންނެވެ.