ޖަޕާނުގެ އާބާދީ ދަނީ މަދުވަމުން

ޖަޕާނު އަންހެނުން ވިހާ ނިސްބަތް، ދަށްކޮށް އުޅޭތާ މިއަހަރަށް މިއީ 43 ވަނަ އަހަރެވެ. އެޕްރީލް މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް، ޖަޕާނުގައި އުމުރުން 15 އަހަރުން ދަށުގެ ކުދިންގެ ޢަދަދަކީ، 14.01 މިލިއަން ކަމަށް އެޤައުމުގެ ދާޚިލީ ވުޒާރާއިން ބުނެއެވެ. އެ މިނިސްޓްރީން ބުނެފައިވާ ގޮތުގައި މިއަހަރުވެސް ކުރީ އަހަރާ ބަލާއިރު، 3 ލައްކަ 30 ހާސް ކުދިން މަދުން ވިހައިފައި ވެއެވެ. މިއީ  1950ގެ ފަހުން އެންމެ މަދުން ކުދިން ވިހެއި އަހަރެވެ.

ޖަޕާނުގައި ފިރިހެން ކުދިންގެ ޢަދަދު އަންހެން ކުދިންނަށް ވުރެން އިތުރެވެ. ފިރިހެން ކުދިންގެ އަދަދު 7.18 މިލިއަނަށް އަރާފައިވާއިރު، އަންހެން ކުދިންގެ އަދަދު ވަނީ 6.83 މިލިއަން ގައެވެ. ޖަޕާނުގެ އާބާދީއަކީ 127 މިލިއަނެވެ.

ހިއްސާ ކުރައްވާ!