ޔޫކޭގެ ހަމަނުޖެހުމުގައި ގޭސް އެނބުރި ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

އިނގިރޭސިވިލާތުގައި މުސްލިމުންނާ ދެކޮޅަށް ހައްދު ފަހަނައަޅާފައިވާ ކަނާތުފިޔާގެ މީހުން ހިންގި ހަމަނުޖެހުން އުފެއްދުމަށް ހިތްވަރުދިން ކަމުގެ ތުހުމަތުގައި ޕާކިސްތާނު މިހަކު ލާހޯރުން ހައްޔަރުކޮށްފިއެވެ.

އެމީހާ ހައްޔަރުކޮށްފައި ވަނީ ކްލިކްބެއިޓް ވެބްސައިޓުގައި ދޮގު މައުލޫމާތު ފަތުރައި، ސައިބަރ ޓެރަރިޒަމް ހިންގުމުގެ ކުށުގައެވެ.

ފަރުހާން އާސިފްގެ މައްޗަށް ތުހުމަތު ކޮށްފައި ވަނީ ޓޭލާ ސްވިފްޓްގެ ތީމްގައި ސައުތުޕޯރޓުގައި ކުޑަކުދިންނަށް ކުރިއަށް ގެންދިޔަ ޑާންސް އެންޑް ޔޯގާ ސެޝަނެއްގައި ވަޅިން ކުޑަކުދިންނަށް ހަމަލަ ދިން މީހާއަކީ މުސްލިމެއް ކަމަށް ބުނެ، ޔޯލަ ވާހަކަ ފެތުރުމުގެ ކުށުގައެވެ.

ޕާކިސްތާނު ފުލުހުން ބުނެފައި ވަނީ އާސިފަކީ އޭނާ ހިންގާ އޮންލައިން ނޫސް ޗެނަލް3ނައު ވެބްސައިޓް ހިންގުން ފިޔަވައި، ނޫސްވެރިކަމުގެ އެއްވެސް ސެޓްފިކެޓެއް ނެތް، އުމުރުން 31 އަހަރުގެ ސޮފްޓްވެއާ އިންޖިނިއަރެއް ކަމަށެވެ. އަދި އޭނާގެ މަޤްޞަދަކީ އޭނާގެ ވެބްސައިޓަށް ޒިޔާރަތް ކުރާ މީހުން އިތުރުކޮށް އެކަމުން އޭނާއަށް މާލީ މަންފާއެއް ހޯދުމެވެ.

ފަރުހާން އާސިފު، ދޮގު މައުލޫމާތު ހިމެނޭ ލިޔުން ޗެނަލް3ނައުގައި ޝާއިއު ކުރުމާއެކު، އެ ހަމަލާގެ ގަޑިއެއްހާއިރު ފަހުން އެ ލިޔުން ވައިރަލްވެ ސޯޝަލް މީޑިއާ ޕޯސްޓްތަކުގައި ގިނަ ބަޔަކު ނަކަލުކޮށްފައިވެއެވެ.

ފަރުހާން އާސިފު ހޯދައިގެންފައި ވަނީ، މަޢުލޫމާތުގެ ރަސްމަގުގައި ދޮގު ވާހަކަ ފެތުރުމާ ދެކޮޅަށް ނޫސްވެރިންގެ ބަޔަކު ހިންގި ފުޅާ ތަޙުޤީޤަކަށް ފަހުއެވެ.

މިލިޔުމާ ގުޅޭ:

މުސްލިމުންނާ ދެކޮޅަށް ޔޫކޭގައި ގޭސް އެނބުރުމުގައި އުޅުނީ ހަތަރު މީހެއް

ހިއްސާ ކުރައްވާ!