ސެނެގޯލް ރަޝިޔާގެ މުހިންމު ބައިވެރިއަކަށް

ސެނެގޯލްވެސް ރަޝިޔާއާ ގުޅިގެން މަސައްކަތް ކުރުމަށް ނިންމައިފިއެވެ. ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރގޭ ލާވްރޯވް ވަނީ ސެނެގޯލްގެ ޚާރިޖީ ވަޒީރާ ޔާސީން ފާލްއަށް މޮސްކޯގައި މަރުހަބާ ވިދާޅުވެފައެވެ.

ޔާސީން ފާލްއާއި ވަފްދުން ވަނީ ދަނޑުވެރިކަމާއި ހަކަތަ، ޓެކްނޮލޮޖީ، އެޑިއުކޭޝަން، އަދި ސަލާމަތީ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާތަކެއް ކުރައްވައި ފަހުމުނާމާތަކެއްގައި ސޮއިކުރައްވާފައެވެ. އެފްރިކާގެ މަސްރަޙު ދިރާސާ ކުރައްވާ ފަރާތްތަކުން ވަނީ މިއީ މުހިންމު ބަދަލެއްކަން ފާހަގަ ކޮށްފައެވެ. އެފްރިކާގެ މުއްސަނދިކަން ފޭރުމަށް އަހަރުތަކެއް ވަންދެން މަސައްކަތް ކުރި އިސްތިއުމާރީ ބާރު ފްރާންސް ވަނީ ފައްސާލާފައެވެ. ކުރިން ފްރާންސުން ވައްކަން ކުރަމުން ދިޔަ، މާލީއާއި ނައިޖަރު، ބުރްކިނާފާސޯއިންވެސް ވަނީ ރަޝިޔާއަށް މަރުހަބާ ކިޔާފައެވެ.

 

ހިއްސާ ކުރައްވާ!