ފޭކް ސެޓިފިކެޓްތަކެއްގެ މައްސަލަ ޕޮލިހަށް ހުށަހަޅަން ނިންމައިފި

ވަގު ސެޓިފިކެޓް ހަދައި ދިނުމާއި ވަގު ސެޓިފިކެޓް ވިއްކުމުން ޤައުމުގެ ތަޢުލީމީ ނިޒާމުގެ އަގު ވެއްޓޭނެއެވެ. މިކަމަކީ މިހާރުން މިހާރަށް ފިޔަވަޅު އަޅަން ޖެހިފައިވާ  މައްސަލައެކެވެ. ސުއާލަކީ، އިމިގްރޭޝަން ސްޓައިލަށް އެމްކިޔޫއޭއަށް އިންސްޕެކްޝަން ޖެއްސުމަށް، ފިޔަވަޅު އަޅަން ކެރިދާނެ ހެއްޔެވެ؟

އެމްކިޔޫއޭގެ އަމިއްލަ އުޞޫލާ ޚިލާފްވެފައިވާ މައްސަލަތައް މީޑިއާއާއި މީސްމީޑިއާގައި ތިލަވަނީ މަދަކުންނެއް ނޫނެވެ! ކޮންމެ ވަގު ސެޓިފިކެޓެއް ވެސް ގޮސް ނިމެނީ ކޮންމެވެސް ކިޔަވާ ދޭތަނެއް ހިންގާ އަޑުގަދަ މީހަކާ ހަމައަށެވެ. ރާއްޖޭގައި ދެމުންދާ ސަނަދުތަކުގެ އަގު ހިފެހެއްޓުމަށްޓަކައި އެމްކިޔޫއޭއިން މިހާރަށް ވުރެން ހަރުކަށިކޮށް ފިޔަވަޅުތައް އަޅައި އިންސްޕެކްޓު ކުރުން ވަރުގަދަ ކުރަން ވެއްޖެއެވެ.

ރާއްޖޭގައި ތަޢުލީމީ އިދާރާއަކުން ދީފައިވާ ފޭކު މަތީ ސަނަދުތަކެއްގެ މައްސަލަ ތަޙުޤީޤޫކޮށްދޭން ޕޮލިހަށް ހުށަހަޅަން އެމްކިއުއޭއިން ނިންމައިފި އެވެ.

ހިއްސާ ކުރައްވާ!