އެމެރިކާ ބޭނުންކުރި ވިހަ ގޭހުގެ ޝިކާރައަކަށްވި މީހުންގެ ޑރއަށް އިނާމު ދެނީ

މިއަހަރުގެ ރެމޮން މެގްސޭސޭ އެވޯޑު ލިބޭ ފަރާތްތަކުގެ ތެރޭގައި ވިއެޓްނާމް ހަނގުރާމައިގެ ދުވަސްވަރު އެމެރިކާ ސިފައިން ބޭނުންކުރި ބާރުގަދަ ވިހަ މާއްދާކަމަށްވާ “އޭޖެންޓް އޮރެންޖް” ގެ ސަބަބުން ގެއްލުން ލިބުނު މީހުންނަށް އިންޞާފު ހޯދުމަށް އެހީތެރިވެދިން ވިއެޓްނާމްގެ ޑޮކްޓަރު ހިމެނެއެވެ.

ހޮނިހިރު ދުވަހު އިޢުލާންކުރި އަނެއް ނަންތަކަކީ، ތައިލެންޑްގެ ރަށްފުށުގެ ފަގީރުންނަށް އެކަށީގެންވާ ޞިއްޙީ ޚިދުމަތް ހޯދުމަށް އެހީތެރިވި ޑޮކްޓަރަކާއި އިންޑޮނޭޝިއާގެ ތިމާވެށީގެ ދިފާޢުގައި މަސައްކަތް ކުރާ މީހަކާއި، އުނދަގޫ މައްސަލަތައް އެނިމޭޓްކޮށްގެން ކުޑަކުދިންނަށް ކިޔައިދޭ ޖަޕާނުގެ އެނިމޭޓަރާއި، ބޫޓާނުގެ ސަގާފީ ތަރިކަ ޕްރޮމޯޓްކުރާ ބޫޓާނުގެ އެކަޑަމިޝަނެކެވެ.

ރެމޮން މެގްސޭސޭ އެވޯޑްސް ފުރަތަމަ އިޢުލާން ކުރީ 1958 ވަނަ އަހަރު އެވެ. މިއީ އޭޝިއާގައި ނޯބެލްގެ ޞުލްޙައިގެ ޢިނާމާ އެއްވަރުގެ ޢިނާމެކެވެ.

ރެމޮން މެގްސޭސޭ އެވޯޑަކީ، 1957 ވަނަ އަހަރު ބޯޓެއް ވެއްޓިގެން އަވަހާރަވި، ފިލިޕީންސްގެ ރައީސެއްގެ ނަމުގައި ދޭ އެވޯޑެކެވެ.

ހަނގުރާމައިގެ ޖަރީމާއެއްކަމަށް ބެލެވޭ ޢަމަލެއްގައި އެމެރިކާއިން ވަނީ 1962 އާއި 1971 އާ ދެމެދު ވިއެޓްނާމްގެ ދެކުނުގެ ބޮޑެތި ސަރަހައްދުތަކުގައި އެޖެންޓް އޮރެންޖު ވިހަ ބޭސް ބޭނުންކޮށްފައެވެ. އެމެރިކާ ސިފައިން ވަނީ ގާތްގަނޑަކަށް 11 މިލިއަން ގެލަންގެ ވިހަ މާއްދާ ވިއެޓްނާމަށް ސްޕްރޭކޮށްފައެވެ. ދަނޑުބިންތަކާއި ކޯރުތަކަށް މި ވިހަ އެޅުމުގެ ސަބަބުން އެތައް އަހަރަކަށް އޭގެ އަސަރު ދެމިގެން ގޮސްފައި ވެއެވެ. އެއިން ދަނޑުބިން ތަޣައްޔަރުވެ، މަސްމަހާމެހީގެ ނަސްލުވެސް ވިހަ ވެފައި ވެއެވެ.

ހިއްސާ ކުރައްވާ!