އިންޑިއާގެ ދިފާޢީ އުފެއްދުން އިތުރުވެ އެކްސްޕޯޓަށް ކުރިއެރުމެއް

އިންޑިއާއަކީ ދުނިޔޭގައި އެންމެ ގިނައިން ދިފާއީ ސާމާޏު އެތެރެ ކުރާ އެއް ޤައުމެވެ. އިންޑިއާއިން 2029ގައި 130 ބިލިއަން ޑޮލަރުގެ އަސްކަރީ ސާމާނު އެތެރެ ކުރާނެއެވެ. ނަމަވެސް އިންޑިއާގެ ދިފާއީ އުފެއްދުންތައް ވަނީ ކުރިއާ އަޅާބަލާއިރު އެތައް ގުނައެއް އިތުރުވެގެން ގޮސްފައެވެ.

އަދި އިންޑިއާގެ އަމާޒަކީ 25 ބިލިއަން ޑޮލަރުގެ އަސްކަރީ ސާމާނު އަމިއްލަ އުފެއްދުމުން ޙާސިލު ކުރާށެވެ. އިންޑިއާގެ ދިފާއީ އުފެއްދުން، 2023-24 ވަނަ އަހަރު ރެކޯޑް އަދަދަކަށް 1.27 ލައްކަ ކްރޯޑް ރުޕީސް ހޯދިއިރު، އެގައުމުން 90 އަށް ވުރެ ގިނަ ގައުމަށް އަސްކަރީ ހާޑްވެއާ އެކްސްޕޯޓްކޮށްފައިވާ ކަމަށް ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންގް ވިދާޅުވެއެވެ. މި މައިލްސްޓޯން ގުޅިފައިވަނީ މޮދީގެ ‘މޭކް އިން އިންޑިއާ’ ޕްރޮގްރާމްގެ 10 ވަނަ އަހަރީ މުނާސަބަތާ އެވެ.

ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވެރިކަމުގައި ފެށި މި އިސްނެގުމުގެ މަގުސަދަކީ ދިފާއީ ދާއިރާ ހިމެނޭ ގޮތަށް އެކި ދާއިރާތަކުން އަމިއްލަ ނަފްސަށް ބަރޯސާވުން އިތުރު ކުރުމެވެ.

ހިއްސާ ކުރައްވާ!