ދުނިޔެއާ ދިމާއަށް ގިނި ހިލައެއް ބާރު ދުވެއްގައި މިސްރާބު ޖަހައިފި

ދުނިޔެއާ ދިމާއަށް ބާރު ދުވެއްޔެއްގައި ދަތުރުކުރަމުންދާ ގިނި ހިލައަށް ނާސާއިން ފާރަވެރިވާން ފަށައިފިއެވެ. ސައިންސްވެރިން ބުނާ ގޮތުންނަމަ މި ގިނި ހިލަ ދުނިޔެއާ ކައިރިވާއިރު އޭގެ މިސްރާބު ހުރިގޮތް ބެލުމަށްފަހު އެއިން ސަލާމަތް ވުމަށް ބޭރުޖައްވުގައި ނިއުކްލިއަރ ބާރު ބޭރު ބޭނުންކޮށްގެން ގޮއްވާލަން ޖެހޭނެއެވެ.

ގިނި ހިލަ ނޫނީ އެސްޓްރޮއިޑްތަކަކީ މީގެ ގާތްގަނޑަކަށް 4.6 ބިލިއަން އަހަރު ކުރިން މި ދުނިޔޭގެ އިރުގެ ނިޒާމު އުފެދުމުގެ ތެރެއިން ބާކިވެފައިވާ ބައިތަކެވެ.

ނާސާ އިން ލަފާކޮށްފައިވާ ގޮތުގައި މި ގިނިހިލަ ދުނިޔެއާ ކައިރިއަށް އަންނާނީ، 2032 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

މިގިނި ހިލަ ދުނިޔެއާ ކައިރިވާނީ، ގަޑިއަކު 40،000 ކިލޯމީޓަރަށް ވުރެ ބާރު ސްޕީޑެއްގައެވެ.

މިހާރުގެ އަންދާސާތައް ދައްކާ ގޮތުން މި ގިނިހިލަ މި ޕްލެނެޓާ އެއްލައްކަ ކިލޯމީޓަރު ކައިރިން ލައިގެން ދާނެއެވެ. ނަމަވެސް ދުވަސް ކައިރިވީވީހެން މި ގިނިހިލަ އޭގެ މިސްރާބު ބަދަލު ކުރުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް