ހުޅުމާލޭގައި ގަވާއިދާ ޚިލާފަށް ބިދޭސިން ދިރިއުޅެމުން ދިޔަ ހަތަރު އެކޮމޮޑޭޝަން ބްލޮކެއް ބަލައިފާސްކޮށް، 8 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މިއީ އިމިގްރޭޝަންގެ ޓާސްކްފޯސްއިން ކުރިއަށް ގެންދިޔަ އޮޕަރޭޗަނެއްގެ ބަޔެކެވެ.
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރާ މަސައްކަތުގައި މިހާތަނަށް 6،076 އަށްވުރެ ގިނަ ބިދޭސީން ވަނީ ގައުމުން ބޭރުކޮށްލާފައެވެ.
ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓްރީން ކުރަނގީގެ ނަމުގައި ބިދޭސިން ހޯދުމަށް ޚާއްސަ ހަރަކާތެއް ކުރިއަށް ގެންދެއެވެ. މިމަސައްކަތުގައި މިހާތަނަށް އެއް ލައްކައަށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފައި ވެއެވެ.





