ޕާކިސްތާން ނޫސްވެރިކަމުގެ މިނިވަންކަމުގައި ސޮއްސާލައިފި

ރިޕޯޓަރސް ވިތައުޓް ބޯޑަރސް އިން ބުނާގޮތުގައި، ޕާކިސްތާންގައި އިތުރުވަމުންދާ ޚުދު މުޚުތާރު ގޮތްތަކުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަން ދަށަށް ގޮސްފައި ވެއެވެ.؛ އަދި 2025 ވަނަ އަހަރުގެ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ޕާކިސްތާން ވަނީ 158 ވަނަ ދަރަޖައަށް ފައިބާފައެވެ.

ސިޔާސީ ނުފޫޒާއި، މީޑިއާގެ މާލީ ޕްރެޝަރާއި، ނޫސްވެރިންނާ ދެކޮޅަށް އިތުރުވަމުންދާ އަނިޔާވެރިކަމުގެ ސަބަބުން، އެ ޤައުމު މިހާރު ވަނީ ކުރިއާ ޚިލާފަށް ދަށު ދަރަޖައިގެ ގިންތިއަކާ ކައިރިވެފައެވެ.

"ޕާކިސްތާނުގެ އައިޑިއޮލޮޖީ" ފަދަ ނުސާފު ބަސްތަކުގެ މައްޗަށް ބިނާކޮށް އާ މުއައްސަސާގެ ބާރަކަށް ކޮންޓެންޓް ނައްތާލުމުގެ ބާރު ދީގެން ޕްރިވެންޝަން އޮފް އިލެކްޓްރޯނިކް ކްރައިމްސް އެކްޓް (ޕެކާ) އަށް ގެނެވުނު އިސްލާހުތަކަކީ ޚިޔާލު ފާޅުކުރުމާއި މިނިވަން ނޫސްވެރިކަން ހަނިކުރާ އިސްލާހުތަކެއް ކަމަށް ބުނެ ފާޑުކިޔާފައި ވެއެވެ.

ޕާކިސްތާން ފެޑެރަލް ޔޫނިއަން އޮފް ޖާނަލިސްޓްސް އާއި ސިވިލް ސޮސައިޓީން ސިފަ ކޮށްފައި ވަނީ މިއީ "ކަޅު ޤާނޫނުތަކެއް" ގެ ގޮތުގައެވެ. އަދި އިތުރަށް ބުނެފައި ވަނީ، ޕާކިސްތާންގެ އަސާސީ ޙައްޤުތަކަށް ނުރައްކާވެފައިވާކަމަށާއި އެކަމަށް ރައްކާތެރިވާން ޖެހޭނެ ކަމަށް ބުނެ އިންޒާރުދީފައިވެއެވެ. ފްރީޑަމް ނެޓްވޯކްގެ ރިޕޯޓުން ވެސް ޕާކިސްތާނުގެ މީޑިއާއަށް "ވުޖޫދީ ނުރައްކަލެއް" ކުރިމަތިވެފައިވާކަން ފާހަގަކޮށްފައި ވެއެވެ.

ހިއްސާ ކުރައްވާ!