ޓީއެމްއޭ ގަންނަން އުޅޭ ކުންފުނިން އިޒްރޭލު ޔުނިވަސިޓީއަކަށް 125 މިލިއަން ޑޮލަރުގެ ހަދިޔާއެއް

ރާއްޖޭގެ ޓީއެމްއޭ ގަންނަން އުޅޭ އެމެރިކާގެ ބްލެކްސްޓޯން ކުންފުނީގެ ރައީސް އިޒްރޭލުގެ ޓެލް އަވީވް ޔުނިވާސިޓީގެ ހެލްތު ސައިންސް އެންޑް މެޑިކަލް ސްކޫލަށް 125 މިލިއަން ޑޮލަރު ހަދިޔާ ކުރުމަށް ނިންމައިފިއެވެ.

ޖޮނަތަން އާއި މިންޑީ ގްރޭގެ ފެމިލީ ފައުންޑޭޝަނުން ލިބޭ މި ހަދިޔާއަކީ ޓެލްއަވީވް ޔުނިވާސިޓީއަށް މިހާތަނަށް ލިބޭ އެންމެ ބޮޑު ހަދިޔާ ކަމަށާއި އިޒްރޭލުގެ ޑޮކްޓަރުންގެ ދަތިކަން ހައްލު ކުރުމަށް މިފައިސާ މެޑިކަލް ސްކޫލުގައި ކިޔަވަން ވަންނަ ކުދިން އިތުރު ކުރުމަށް ބޭނުން ކުރާނެ ކަމަށް ބުނެފައި ވެއެވެ.

ބްލެކްސްޓޯންގެ ރައީސަކީ ޖޮނަތަން ގްރޭ އެވެ. ބްލެކްސްޓޯން އިން ދަނީ ޓީއެމްއޭ ގަތުމަށް ބޭނުންވާ ފައިސާ ހޯދުމަށް މަސައކަތް ކުރަމުންނެވެ.

ހިއްސާ ކުރައްވާ!