އެމެރިކާގެ ހަނގުރާމައިގެ އަސީރު ދޫކޮށްލުމަށް ތައްޔާރު ވަނީ

އިޒްރޭލަށް ސިއްރުން އެމެރިކާއިން ހަމާސްއާއެކު ހެދި ޑީލެއްގެ ދަށުން މިއަދު މިނިވަންކުރާ ހަނގުރާމައިގެ އަސީރު އެލްގޒެންދަރު އީޑަން މިނިވަން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ގޮތުން އިޒްރޭލުން ޣައްޒާ މަތިން ޑްރޯން ދުއްވުމާއި އަސްކަރީ ހަމަލަތައް ވަގުތީ ގޮތުން މަދުކޮށްލައި ފިކަމަށް ހަމާސްއިން ބުނެއެވެ.

ހަމާސް ބުނަނީ މިއަދުގެ 9:30 ން ފެށިގެން ޔަހޫދީ ޒަޔަނސްޓުން ހިމޭން ވެފައިވާ ކަމަށެވެ.

އެމރިކާއިން ހުކުރު ދުވަހު އިޒްރޭލަށް ވަގަށް ހަދާފައިވާ ޑީލެއްގެ ދަށުން އީޑަން ހަވާލު ކުރާނީ ރެޑް ކްރެސެންޓަށެވެ. ތައްޔާރުވާން ވަގުތު ނުލިބުމުން ހަމާސްއިން ރަސްމިއްޔާތެއް ނުބާއްވާނެއެވެ.

އެއަށްފަހު އޭނާ ހަވާލު ކުރާނީ ޣައްޒާއަށް އަރައިތިބި ޒަޔަނިސްޓު ސިފައިންނާއެވެ. އަދި ހެލިކޮޕްޓަރުގައި އޭނާ އުފުލާނެއެވެ.

ހިއްސާ ކުރައްވާ!