އިންޑިއާއިން ބުނަނީ ބުންޔާނުން މަރުސޫސްގައި އާކާޝް ކާމިޔާބު ކަމަށް

އިންޑިއާއިން ބުނަނީ އޮޕަރޭޝަން ސިންދޫރުގައި ވައިގެ ދިފާއީ ނިޒާމެއްގެ ގޮތުން އިންޑިއާއަށް ކާމިޔާބު މިސައިލްގެ ނިޒާމަކަށް އާކާޝް ބޭނުން ކުރެވުނު ކަމަށެވެ. އާކާޝްއަކީއިންޑިއާގެ މަލްޓި ލޭޔަރ އެއާ ޑިފެންސް ނެޓްވޯކްގެ އަސާސެވެ. މިއީ ބިމުން ޖައްވަށް ފޮނުވާލާ ވައްތަރުގެ މިސައިލްގެ ނިޒާމެކެވެ.

އާކޗް ޑިޒައިން ކޮށް ތަރައްގީކޮށްފައ ވަނީ ޑިފެންސް ރިސާޗް އެންޑް ޑިވެލޮޕްމަންޓް އޮގަނައިޒޭޝަން (ޑީއާރުޑީއޯ) އިން ނެވެ. އަދި މިއަންނަ އަހަރުގެ ނިޔަލަށް ޑިޕްލޮއި ކުރަން ހަމަޖެހިފައިވާ މާކް-އައި، އަކާޝް-1އެސް، އަކާޝް ޕްރައިމް، އަދި އެޑްވާންސް އަކާޝް-އެންޖީ ފަދަ ވައްތަރުތަކުން މި ނިޒާމު އިތުރަށް ވަރުގަދަ ވެގެން ދާނެ ކަމަށް އިންޑިއާއިން ބުނެއެވެ.

އިންޑިއާއިން އާކާޝް ޑިޒައިން ކޮށްފައި ވަނީ، އެސް-400 އަދި ބަރަކް-8 ފަދަ ދިފާއީ ނިޒާމުތަކާ ގުޅިގެން މަސައްކަތް ކުރާ ނިޒާމެއްގެ ގޮތުގައެވެ. އިންޑިއާއިން ވަނީ ޕާކިސްތާނާއި ޗައިނާގެ ބޯޑަރުތަކުގައި އާކާޝް ޑިޕްލޮއި ކޮށްފައެވެ. އޮޕަރޭޝަން ސިންދޫރަށް ފަހު ޕާކިސްތާނުން ރައްދުގައި ފެށި ބުންޔާނުން މަރުޞޫޞްއާ ދެކޮޅަށް، ޕާކިސްތާނުގެ ޑްރޯންތަކާއި މިސައިލްތަކުގެ ބާރު ކަނޑުވާލުމަށް އިންޑިއާއަށް ކާމިޔާބު ކަމާއެކު އާކާޝް ބޭނުން ކުރެވުނު ކަމަށް ބުނެއެވެ.

އަރްމީނިއާއަށް އެކްސްޕޯޓް ކުރާ އަދި ބްރެޒިލް އާއި ޔޫއޭއީ އިން ގަތުމަށް ހަމަޖެހިފައިވާ އާކާޝްގައި ބޭނުން ކޮށްފައިވާ 96 އިންސައްތަ ސާމާނަކީ އިންޑިއާގެ އަމިއްލަ އުފެއްދުމެވެ. ޕާކިސްތާނުން އަމިއްލަ ދިފާއަށް ބޭނުން ކުރާ އެޗްކިއު-9 ގެ މިސައިލަގް ނިޒާމާއި ގަލްފްގައި އެމެރިކާއިން ބޭނުން ކުރާ ޕެޓްރިއޮޓް އާއި އަޅާބަލާއިރު، އާކާޝް އަކީ ޚަރަދު ކުޑަ، ފަސޭހައިން އުފުލައި ގެންގުޅެވޭ ދިފާއީ ނިޒާމެކެވެ.

ހިއްސާ ކުރައްވާ!