ޓްރަމްޕް އިޒްރޭލަށް ސަމާލުކަމެއް ނުދެއްވިއަސް މޫނު ކުނި ނުކުރާނެ ކަމަށް އިޒްރޭލުން ބުނޭ

ޓްރަމްޕް ކޮންމެވެސް ސަބަބަކާ ލައިގެން އިޒްރޭލަށް އިސްކަން ނުދެއްވާ ކަމަށާއި އެކަމަކުވެސް އިޒްރޭލުން މޫނު ކުނި ނުކޮށް ރީއްޗަށް ތިބޭނެ ކަމުގައި ބުނެފިއެވެ. އިޒްރޭލުގެ ޚާރިޖީ ވަޒީރު ގީޑޮން ސާރް ބުނެފައި ވަނީ ޓްރަމްޕް އިޒްރޭލަށް އިސްކަން ނުދެއްވާކަން އެނގޭ ކަމަށެވެ. "އެބަ ވިލަރެސް ކުރަން، ހުރިހައި ކަމެއްގައި އެއް ގޮތަކަށް ވިސްނާކަށް ނުޖެހޭނެ" އިޒްރޭލަކީ މިނިވަން މުސްތަގިއްލު ބައެއް ކަން ހަނދާކޮށް ދެމުން ސާރް ބުންޏެވެ.

އިޒްރޭލު މީޑިއާއިން ދަނީ ނަތަންޔާހޫއަށް އޭނާގެ ސައިޒު ހަނދާން ކޮށްދެމުންނެވެ. ބައެއް މީޑިއާއިން ނަތަންޔާހޫއަށް ވައްބަހުން ޖަހަމުން ދެއެވެ. ހޫސީންނާއެކު ހަމަލަތައް ހުއްޓާލަން ސިއްރުން ނިންމި ނިންމުންވެސް އިޒްރޭލަށް އެނގުނީ މާފަހުންނެވެ. އަދި މިއަދު އެލެގްޒެންޑަރ އިޑާމް މިނިވަން ކުރަން ހަމާސްއާ އެކު ހެދި ޑީލްގެ ވާހަކަވެސް ނަތަންޔާހުއަށް އެނގުނީ ރޭ ނިދަން އޮށޯންނަން އުޅެނިކޮށެވެ. އޭގެ އިތުރުން ސައޫދީންނަށް އިޒްރޭލާ ގުޅުން ބަދަހި ކުރުމަށް ނުފިއްތާނެ ކަމަށް ޓްރަމްޕް ވިދާޅުވި ވާހަކަ އިޒްރޭލު ސަރުކާރަށް އެނގުނީ އެކަން ރޮއިޓާޒް އިން ރިޕޯޓު ކުރުމުންނެވެ.

"މި ސަރަޙައްދަށް ޓްރަމްޕްގެ ދަތުރުން ދެވުނު މެސެޖު ސާފުކޮށް އެނގެއެވެ: އިޒްރޭލަކީ މިހާރު އެމެރިކާގެ އެންމެ މުހިންމު އިސްކަމެއް ދޭ ޤައުމު ނޫން ކަމެވެ." އިސްރޭލުގެ ނޫސްތަކުގައި ޑިޕްލޮމެޓިކް ކަރެސްޕޮންޑެންޓް އިޓާމަރު އައިކްނަރު އާ ހަވާލާ ދީ މިއަދު ރިޕޯޓުކޮށްފައި ވެއެވެ.

އޭނާ ނޫން އެހެން ސިޔާސީ ކޮމެންޓޭޓަރުންވެސް މިއަދު ރިޕޯޓު ކޮށްފައިވާ މިފަދައިންނެވެ.

އިޒްރޭލުގެ އެއް އޮފިޝަލަކު ބުނެފައި ވަނީ ޙޫތީންނާ އެކު ހަމަލަ ބަދަލު ކުރުން ހުއްޓާލުމާ ގުޅޭގޮތުން ޓްރަމްޕް ކުރެއްވި އިޢުލާނަކީ "ކޮންމެވެސް ވަރަކަށް ލަދުވެތިވާންޖެހޭ އިއުލާނެއް" ކަމަށާއި، އަދި ޓްރަމްޕް ޢަމަލުކުރައްވަނީކީ މިހާރު މާހަމަޖެހޭ ގޮތަކަށް ނޫން ކަމަށެވެ.

އިޒްރޭލުން އޮފިޝަލުން ބުނާ ގޮތުގައި ރަސްމީ ފެންވަރުގައި ދެފަރާތުގެ ގުޅުންތައް ވަރަށް ރަނގަޅެވެ. ނަމަވެސް ބައެއް އޮފިޝަލުން ޤަބޫލުކުރާ ގޮތުގައި ޓްރަމްޕްގެ ނިންމުންތަކުން އެމީހުންނަށް ބައެއް ފަހަރަށް ލިބެނީ ކުއްލި ސިހުމެކެވެ.

ހިއްސާ ކުރައްވާ!