ތުރުކިއާއި އެމެރިކާ ގާތްވާތީ އިޒްރޭލުން މޭކަރަން ފަށައިފިއެވެ. ނަތަންޔާހޫ ވަނީ އެކަމާ ގުޅިގެން ނުތަނަވސް ވެގެން އޭނާގެ އެމްޕީންނާއެކު އެ މައްސަލާގައި ބަހުސް ކޮށްފައި ކަމަށް އިޒްރޭލު މީޑިއާއިން ބުނެއެވެ.
މި މައްސަލައަކީ އިޒްރޭލު ސިފައިން ގެ ރޭޑިއޯ އިން ބުނާ ގޮތުގައި އެމެރިކާއިން އެންމެ ކުރިއަރާފައިވާ އެފް 35 ގެ މަތިންދާބޯޓު ތުރުކީއަށް ވިއްކަން އުޅުމެވެ. އަދި މިކަމުގެ ސަބަބުން އިޒްރޭލާ އެމެރިކާއާ ދެމެދުގެ ގުޅުން އިތުރަށް ގޯސްވެދާނެ ކަމަށް އިޒްރޭލު ސިފައިންގެ ރޭޑިއޯއިން ބުނެއެވެ.
އިޒްރޭލުން ބުނަނީ އެމެރިކާއިން އެފަދަ ފިޔަވަޅެއް އަޅައިފިނަމަ، ސަރަޙައްދުގައި އިސްރާއީލަށް ލިބިފައިވާ އަސްކަތީ މަތީ ފެންވަރުގެ ބާރު ގެއްލިގެން ހިނގައިދާނެ ކަމަށެވެ.
"ސީރިއާގައި ތުރުކީން އެބައި މީހުންގެ ވުޖޫދު ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން ތުރުކީ ވަނީ އިސްރާއީލުގެ އިސްތިރާޖީ ވާދަވެރިއަކަށް ވެފައި ކަމަށް ނަތަންޔާހޫ ވަނީ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާއެކު ކުރި މަޝްވަރާގައި ބުނެފައެވެ.



