އިނގިރޭސި ނޫސް ދަ ގާޑިއަން އިން ރިޕޯޓުކުރާ ގޮތުގައި، މިހާރު ހިނގަމުންދާ ޣައްޒާގެ ހަނގުރާމައާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިދާރާއާއި ނެތަންޔާހޫގެ ސަރުކާރާ ދެމެދު ގުޅުން ދަނީ ގޯސްވަމުންނެވެ.
ޓްރަމްޕްގެ މެދުއިރުމަތީގެ ސަފީރު، ސްޓީވް ވިޓްކޮފް، ކުރީގެ އަސީރުންނާއި ހަމާސްގެ މެހުމާންދާރީގައި ތިބި އަސީރުންގެ އާއިލާތަކަށް ބުނެފައިވަނީ، އެމެރިކާއިން ހަނގުރާމަ ނިންމަން ބޭނުންވިއަސް އިސްރާއީލުން ބޭނުންވަނީ ހަނގުރާމަ ދިގުދަންމަމުންދާށެވެ.
އޭނާ މި ބަޔާން ދީފައިވަނީ އާދީއްތަ ދުވަހުގެ ރޭ ބެއްވި ބައްދަލުވުމެއްގައި، ހަމާސްގެ މެހުމާންދާރީގައި ހުރި އެމެރިކާގެ އަސީރު ދޫކޮށްލުމުގެ ކުރިން އެކަމާ ބެހޭ ވާހަކަ ދެއްކުމުގެ ތެރޭންނެވެ. ވިޓްކޮފް ވަނީ ޓްރަމްޕާއި ނެތަންޔާހޫއާ ދެމެދު އޮތް ނުތަނަވަސްކަން ފާހަގަ ކޮށްފައެވެ. އަދި އިޒްރޭލުން ހަނގުރާމަ ހުއްޓަން ޖެހިލުންވާކަން ފާހަގަކޮށްފައެވެ.
އެމރިކާ ވަނީ އިސްރާއީލާއި ނުލައި، ޔަމަނުގައި އީރާނުގެ ނުފޫޒު އޮންނަ ހޫތީންނާއެކު ހަނގުރާމަ ހުއްޓުވުމުގެ އެއްބަސްވުމެއް ހަދާފައެވެ. އަދި އީރާނާއެކު ކުރަމުންދާ މަޝްވަރާތަކުގެ ސަބަބުން ވެސް އިސްރާއީލު ވަނީ ނުތަނަވަސްވެފައެވެ.
ޓްރަމްޕް ސައޫދީ އަރަބިއްޔާ، ޤަޠަރު، އަދި ޔޫއޭއީ އަށް ކުރައްވާ ދަތުރުފުޅުގައި އިޒްރޭލު އެކަހެރިކޮށްފައިވާ ކަން ވަރަށް ސާފެވެ. މިއީ އެމެރިކާގެ އިސްކަންދޭ ކަންތައްތަކަށް އައިސްފައިވާ ބަދަލެއްގެ ނިޝާނެއް ކަމުގައި ބެލެވެއެވެ. (ގާޑިއަން ނޫސް)




