ސައޫދީ އަރަބިއްޔާއިން އެމެރިކާގައި އެތައް ލައްކަ ވަޒީފާއެއް އުފައްދައިފި

އެމެރިކާއާއި ސައޫދީ އަރަބިއްޔާގެ ގުޅުމަކީ ސްޓްރެޓެޖިކް ގުޅުމެއް ކަމަށާއި ސައޫދީ އަރަބިއްޔާގެ އިންވެސްޓްމެންޓްތަކުން އެމެރިކާގައި އެތައް ލައްކަ ވަޒީފާއެއް އުފައްދައި ދީފައި ވަނެ ކަމަށް އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސައުދީ ސަފީރު އަމީރާ ރީމާ ބިންތި ބަންދަރު ވިދާޅުވެއެވެ.

ރިޔާޒުގައި ކިންގް އަބްދުލްއަޒީޒް އިންޓަނޭޝަނަލް ކޮންފަރެންސް ސެންޓަރުގައި ބޭއްވި ސައުދީ-އެމެރިކާ އިންވެސްޓްމަންޓް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވިދާޅުވީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ ސައުދީ ދަތުރުފުޅުން ދުނިޔޭގެ ސުލްހައާއި ސަލާމަތާއި ތަނަވަސްކަމަށް ބާރަކަށް ވެގެންދާނެ ކަމަށެވެ.

"ސައުދީ އަރަބިއްޔާއިން މަސައްކަތް ކުރަމުންދަނީ އެމެރިކާއާ ބައިވެރިންނާ އެކު ދުނިޔޭގައި ސުލްހައާއި ހަމަޖެހުން ހޯދުމަށް. ވަކިފަރާތަކަށް ނުޖެހޭ މަންސައެއް ފޯރުކޮށްދީ، ވީހާވެސް ގިނައިން ސުލްހައަށް އެހީތެރިވުމުގެ ޒިންމާ އަދާކުރަން ރިޔާޟުން އޮތީ ތައްޔާރަށް،" އަމީރާ ރީމާ ވިދާޅުވި އެވެ.

އެމެރިކާއާއެކު ސްޓްރެޓެޖިކް ޕާޓްނަޝިޕް އިތުރަށް ވަރުގަދަ ކުރުމަށް ސައޫދީން ކުރަމުންދާ މަސައްކަތުގައި، ތެޔޮ ނޫން އުފެއްދުންތަކުން ސައޫދީ ޖީޑީޕީއަށް 50 ޕަސެންޓު މިހާރު ހިއްސާ ކުރާ ކަމަށް ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!