ނަތަންޔާހޫގެ ޕްރެޝަރު މިއދު އުޅެނީ ވަރަށް މަތީގައި

ސައޫދިއްޔާއަށް ޓްރަމްޕް ކުރައްވާ ދަތުރުފުޅާ ނަތަންޔާހޫ އެއްފަރާތް ކޮށްލެއްވުމާއި ސޫރިޔާއާ ދެކޮޅަށް އަޅާފައިޥާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުން ނަތަންޔާހޫ ވަނީ ރުޅިގަދަވެފައެވެ. އޭނާ ވަނީ އެކަންކަމަށް ބަދަލު ހިފުމުގެ ގޮތުން ޣައްޒާގައި ގަތުލުއާންމެއްގައި 47 މީހުން ޝަހީދުކޮށްލާފައެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ސައޫދީ ލީޑަރު މުހައްމަދު ބިންސަލްމާންއާއެކު ސޫރިއާގެ ރައީސް އަހުމަދު އަލްޝަރަޢަ ޖައުލާނީއާ މިއަދު ބައްދަލު ކުރައްވާފައެވެ.

ޖައުލާނީ ވަނީ ޓްރަމްޕްގެ އިބްރާހީމީ މުއާހަދާގައި ބައިވެރިވާނެ ކަމުގެ ޔަގީންކަން ޓްރަމްޕަށް ދެއްވާފައެވެ. އަދި ބޭރުގެ ހުރިހާ "ޓެރަރިސްޓުންނަށް" ސީރިއާ ދޫކޮށް ދިއުމަށް އަންގާނެ ކަމަށާއި  ފަލަސްތީނުގެ "ޓެރަރިސްޓުން" ފޮނުވާލާނެ ކަމަށާއި އައިސިސް އަލުން ދިރިޔަ ނުދެއްވާނެ ކަމަށާއި އެމެރިކާއަށް އެހީތެރިވެ ދެއްވާނެ ކަމަށާއި އިރުއުތުރު ސީރިއާގައި އައިސިސް ފައްސާލައި އެތަންތާނގެ މަރުކަޒުތަކާ ހަވާލުވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ރައީސް ޓްރަމްޕް ވަނީ އޭނާގެ ނިންމެވުން ނިންމެވުމުގައި ތުރުކީގެ ލީޑަރު ރަޖަބް ތައްޔިބު އުރުދުޣާންގެ ދައުރެއް އޮތް ކަމަށް ވެސް ވިދާޅުވެފަ އެވެ.

"އަޅުގަނޑު އެކަން ކުރީ ރައީސް އުރުދުޣާންއާ ވާހަކަ ދައްކާފަ. އަޅުގަނޑުމެން ވަރަށް ރަނގަޅަށް ގުޅިގެން އުޅެނީ. އަދި މުހަންމަދާ ވެސް ވާހަކަ ދެއްކިން. އެނގިވަޑައިގަންނަވާނެ، އަދި އެކަން ކުރަން ވަރަށް މުހިންމު ކަމަށް އެބޭފުޅުންނަށް ފެނިވަޑައިގަތީ" ޓްރަމްޕް ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!