ސައޫދީން ފަލަސްޠީނަށް މަސައްކަތް ކޮށްދެއްވާނެ ކަން ޔަގީންވެއްޖެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު ރިޔާޟުގައި ބޭއްވި ގަލްފް-ޔޫއެސް ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވަނީ އަރަބި ސުލްހައިގެ އިސްނެގުމާއި ބައިނަލްއަގްވާމީ ގަރާރުތަކުގެ މައްޗަށް ބިނާކޮށް ފަލަސްތީނުގެ މައްސަލައަށް ފުރިހަމަ ހައްލެއް ހޯދުމުގެ ބޭނުންތެރިކަމުގެ އަވަސްކަން ތަކުރާރު ކުރައްވާފަ އެވެ. "އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އެމެރިކާއާ އެކު ޣައްޒާގައި އުފެދިފައިވާ ފިތުނަތައް ކުޑަކޮށް، ހަނގުރާމަ ހުއްޓުވުމަށް،" ސަރަހައްދީ ހަމަނުޖެހުންތަކަށް ސުލްހަވެރި ހައްލުތަކަށް ބާރުއަޅުއްވަމުން އޭނާ ވިދާޅުވި އެވެ.

ފަލަސްތީނުން ވަނީ ސައުދީ އަރަބިއްޔާގެ ދައުރަށް ވަރަށް ބޮޑަށް އިތުބާރު ކުރާ ކަމަށް ބުނެފައެވެ. އަދި ސޫރިޔާގެ ދަތިކުރުމުގެ ފިޔަވަޅުތައް ފިލުވުމަށް މުހައްމަދު ބިން ސަލްމާން އެޅުއްވި ފިޔަވަޅާ ހެދި ފަލަސްޠީނަށް ވަނީ އުންމީދު އާލާވެފައެވެ. އަދި ޣައްޒާ ހަނގުރާމަ ނިންމާލައި ފަލަސްތީނުގެ ދައުލަތެއް ގާއިމް ކުރުމަށް ސިޔާސީ މަރުހަލާއެއް ފެށުމުގެ ޕްލޭނަކާ ބެހޭ ގޮތުން ސައުދީ ލީޑަޝިޕުން ޔަގީންކަން ދެއްވާކަމަށްވެސް ފަލަސްޠީނުން ޤަބޫލު ކުރެއެވެ.

ޓްރަމްޕް ވަޑައިގަތުމުގެ ކުރިން ސައުދީގެ އޮފިޝަލުން ފަލަސްތީނުގެ ވަޒީރުންނަށް އަންގާފައި ވަނީ އިޒްރޭލުގެ އުދުވާނީ ހަމަނުޖެހުން ނިމުމަކަށް ގެނައުމަށް ޕްރެޝަރު ކުރަމުންދާ ކަމަށާއި މިކަން އެއްވެސް ކަމަކާ ގުޅުވާލާފައި ނުވާނެ ކަމަށެވެ.

ފަލަސްތީނުގެ އުންމީދު އިތުރަށް ވަރުގަދަކުރުމަށް ސައުދީގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރުހާން ވަނީ ޣައްޒާ ހަނގުރާމަ ނިންމާލައި، ރަހީނުކޮށްފައިވާ ހުރިހާ މީހުން މިނިވަން ކުރުމަށް ރިޔާޟާއި ވޮޝިންޓަން އެއްބަސްވިކަން އިއުލާން ކުރައްވާފަ އެވެ. "ޣައްޒާގައި ވީހާވެސް އަވަހަކަށް ހަނގުރާމަ ހުއްޓާލަން ޖެހޭ،" ފަލަސްތީނުގެ ތަކުލީފުތައް ކުޑަކުރުމަށް ސައޫދީ ސަރުކާރުގެ ވައުދުތަކަށް އަލިއަޅުވާލައްވަމުން އޭނާ ފާހަގަކުރެއްވި އެވެ.

އެ އުންމީދީ ވިސްނުން އިތުރަށް ވަރުގަދަވީ ޓްރަމްޕާއި ސީރިއާގެ ޖައުލާނީ ރައީސް އާ ޓްރަމްޕާ ދެމެދު ރިޔާޟްގައި ބޭއްވި ބައްދަލުވުމަކަށް މަގުފަހިކޮށްދެއްވުމަށް ވަލީއަހުދު މުހައްމަދު ހޯއްދެވި ކާމިޔާބީންނެވެ.

ހިއްސާ ކުރައްވާ!