ޤަތަރު އަމީރާއެކު ބާއްވަން އޮތް 1 ގަޑިއިރުގެ ބައްދަލުވުން ދެ ގަޑި އިރަށް ދެމިގެން ދިޔަ

ޓްރަމްޕްގެ ޤަތަރުގެ ޒިޔާރަތުން ފާހަގަ ކުރެވުނު ދެ ކަމަކީ، ޓްރަމްޕާއި ޤަތަރުގެ އަމީރުގެ މަޝްވަރާއަށް އެއް ގަޑިއިރު ހަމަޖެހިފައި އޮތް އިރު އެ މަޝްވަރާތައް ދެ ގަޑިއިރަށް ދެމިގެން ދިއުމެވެ. ދެ ބޭފުޅުން ވަނީ ސުލްހައާ ގުޅޭ އެތައް މައްސަލައެއް ބަހުސް ކުރައްވާ ފައި ކަމަށް މައުލޫމާތު ލިބެއެވެ.

އޭގެ އިތުރުން ޓްރަމްޕް ވަނީ ޤަތަރުގެ އަމީރުގެ ގަނޑުވަރުގައި ޖަހާފައި ހުރި ހުދު ސަންގުމަރުމަރު ހިލައިގެ ރީތިކަމުން އެކަމަށް ތައުރީފު ކުރައްވާފައެވެ. އަދި އެއީ ނާދިރު ނުލިބޭ ވައްތަރެއް ކަމަށާއި އެ ވައްތަރު ހިލަ ހޯއްދަވަން އުޅެގެން އޭނާއަށް ލިބިވަޑައި ނުގަތް ކަމަށް ވިދާޅުވިއެވެ.

ޤަތަރުގެ އަމީރު ތަމީމަކީ، ޓްރަމްޕްގެ ރަހުމަތްތެރިޔާ ސްޓީފް ވިޓްކޯފްގެ ރަޙުމަތްތެރިއެއްވެސް މެއެވެ.

ހިއްސާ ކުރައްވާ!