ކޮފީ ވިއްކާ ކުންފުނި ސްޓާބަކްސްގެ މުވައްޒަފުންގެ އެއްހާސް މީހުން ހަޅުތާލށް ނިކުމެއްޖެއެވެ. އެމީހުން ހަޅުތާލު ކުރަނީ ކުންފުނިން ޔުނިފޯމަށް ގެނަސްފައިވާ ބަދަލަކާ ގުޅިގެންނެވެ.
އެމެރިކާގެ 75 ފިހާރައެއްގައި ސްޓާބަކްސްގެ 1،000 އަށް ވުރެ ގިނަ ބެރިސްޓާއިން ހަޅުތާލުކޮށްފައި ވަނީ ކުންފުނީގެ އާ ހެދުން އެޅުމުގެ އުސޫލަކާ ދެކޮޅަށެވެ.
މިހާރު ސްޓާބަކްސްގެ ބެރިސްޓާއިންނަށް އެމީހުންގެ ފެހި އޭޕްރަންގެ ދަށުން ލެވޭނީ ވަކި ވައްތަރެއްގެ ހެދުމެވެ.
އެއީ ކަޅު ގަމީހާއި ކާކީ، ކަޅު ނޫނީ ނޫ ޑެނިމް ފަޓުލޫނެއް ނޫނީ ޖިންސެކެވެ.
ކުރިން ކޮންމެ ފަދަ ހެދުމެއް ވެސް ލެވެއެވެ.





