ކުރިއަށް އޮތް ދިހަ އަހަރު ދުވަހުގެ ތެރޭގައި އެމެރިކާގެ އިގްތިސާދުގައި އެކުވެރި އަރަބި އިމާރާތުން 1.4 ޓްރިލިއަން ޑޮލަރު އިންވެސްޓް ކުރުމުގެ ޕްލޭނެއް ޔޫއޭއީގެ ރައީސް މުހައްމަދު ބިން ޒައިދު އާލަނަހްޔާން މިއަދު އިއުލާން ކުރައްވައިފިއެވެ.
ޔޫއޭއިއަކީ ޓްރަމްޕްގެ އާއިލާއިން ބިޓްކޮއިންގެ ވިޔަފާރިއަށް އިންވެސްޓްކޮށްފައިވާ މަރުކަޒެވެ.
ވައިޓް ހައުސް އިން ބުނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޔޫއޭއީއާ އެކު 200 ބިލިއަން ޑޮލަރަށް ވުރެ ގިނަ ޑޮލަރުގެ އާ އެއްބަސްވުންތަކެއް ހަދާފައިވާ ކަމަށެވެ.
ޓްރަމްޕްގެ މެދުއިރުމަތީގައި އެންމެ ފަހު މެހުމަންދާރީ ހޯއްދަވާނީ ޔޫއޭއީންނެވެ.





