މެދުއިރުމައްޗަށް ވަޑައިގެން ޓްރަމްޕް ރައީސް ވަނީ އޭނާގެ ހުރިހައި އެދުންތައް ފުއްދެވުމުގައި ކާމިޔާބީ ހޯއްދަވާފައެވެ. އަދި މުސްލިމުންނާއި ޣީރަތްތެރި އަރަބިން ގަޔާނުވާ ޚިޔާލުތައްވެސް އޭނާ ވަނީ ސެންސަރަކާ ނުލައި ފައުޅު ކުރައްވާފައެވެ. އޭގެ ތެރޭން ޣައްޒާ މުށްދަށު ލުމަށް އޭނާ ގެންގުޅުއްވާ ވިޔަފާރީގެ ދަހިވެތި ވިސްނުން ފާޅުގައި ބޭރުކުރެއްވިއެވެ. މެހުމާންދާރީ އަދާކުރި އަރަބިންނާ މެދު އޭނާ ދެކެވަޑައިގަންނަވާ ގޮތް ނިކަން ސާފެވެ. އޭނާގެ ފުށުން ރައްކާތެރިކަމާއި މަތިވެރިކަމަށް އެދޭ ބަޔަކު ޓްރަމްޕަށް ފެނުނެވެ. ޓްރަމްޕަށް އޭނާގެ މަތިވެރިކަން އިޙުސާސް ކުރެވުނެވެ.
އޭނާއަށް ވިޔަފާރި ލިބިވަޑައިގަތް ކޮންމެ ޤައުމެއްގެ ލީޑަރަކާ ބެހޭ ގޮތުން ހިފެހެއްޓުމެއް ނެތް ތައުރީފުގެ ބަސްތައްވެސް ރައްދު ކުރެއްވިއެވެ.
އެ ލީޑަރެއްގެ ދޮން ކަމާއި، ޒުވާން ކަމާއި، ދިގުކަމާއި، ޅަބާޅަކަމާއި، ޝާއްބަކަމަށް ތައުރީފު ކުރައްވައި ހެޔޮބަސްތައް ރައްދު ކުރެއްވިއެވެ.
އޭނާ މެދުއިރުމަތީގައި ހޭދަ ކުރެއްވި ދުވަސްތަކުގައި އިޒްރޭލުން ވަނީ ޒަޔަނިސްޓުންގެ ސިގްނޭޗަރ ޓްރޭޑްމާކާ އެއްގޮތަށް، ގަނޑުކޮށް އެތައް ޒަބަހަ ކުރުމެއްގައި ފަލަސްޠީނުގެ 258 މީހުން ޝަހީދުކޮށް ދައްކާފައެވެ.
ޓްރަމްޕްގެ ދަތުރާއި ކުރިމަގުގެ ނަތީޖާ ޚުލާޞާކޮށް ދެއްވީ ތަޖުރިބާކާރު ވިސްނުންފުޅަކުން މަދު ބަސްތަކަކުން ރައީސް މައުމޫނެވެ. އެމަނިކުފާނު ވިދާޅުވި ބަސްފުޅު ކުރުވެރފައި، އަސަރުގަދައެވެ.
"މިދުވަސްވަރު މެދުއިރުމަތީގައި ކަންތައްތައް ހިނގަމުންދާގޮތުން އާޚިރުގައި ޢަރަބީންނަށާއި މުސްލިމުންނަށް ވާނީ ގެއްލުން ކަމުގައި ގިނަބަޔަކު ދެކޭ." ރައީސް މައުމޫނު އެކްސްގައި ލިޔުއްވައެވެ. ވަރަށްވެސް ބޮޑު ތެދުފުޅެކެވެ!





