އެފްބީއައިގެ ކުރީގެ ޑިރެކްޓަރު ޓްރަމްޕް އަވަހާރަކޮށްލަން ގޮވާލީ ތަ؟

ޓްރަމްޕް އަވަހާރަކޮށްލުމަށް ގޮވާލީ ކަމަށް މާނަކޮށް މައްސަލަ ހޫނުވެއްޖެ އެވެ. އެފްބީއައިގެ ކުރީގެ ޑިރެކްޓަރު ޖޭމްސް ކޮމީއާ ވަނީ އިންސްޓަގްރާމްގައި ފޮޓޯއެއް ޝާއިއުކޮށްފައެވެ. އޭނާ ވަނީ އެ ފޮޓޯ މިހާރު ޑިލީޓުކޮށްފައެވެ.

އެފޮޓޯއިން ފެންނަނީ ބިންމަތީގައި ބޮއްޔާއި ރިދަނލިން 4 އަދަދެއް އަޅާފައި ވަނިކޮށެވެ. އެ އަދަދަކީ، 8647 އެވެ.

ޓްރަމްޕަކީ އެމެރިކާގެ 47 ވަނަ ރައީހެވެ. 86 ގެ އަކީ އެއްޗަކުން ސަލާމަތް ވުމަށް ބޭނުން ކުރާ ރަމްޒެކެވެ. ޓްރަމްޕްވެސް ވިދާޅުވަނީ އެއީ އޭނާ އަވަހާރަކޮށްލުމަށް ގޮވާލުމެއް ކަމަށެވެ.

ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ ކްރިސްޓީ ނޯއެމް އާއި ޑޮނަލްޑް ޓްރަމްޕް ޖޫނިއާ ފަދަ އެހެން ބޭފުޅުން ވަނީ އެއީ ސީދާ އިންޒާރެއްގެ ގޮތުގައި ނަންގަވައި އެކަން ކުށްވެރި ކުރައްވާފަ އެވެ.

ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ސީކްރެޓް ސާވިސް އިން ވަނީ މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ.

އެފްބީއައިގެ ޑިރެކްޓަރު ކޭޝް ޕަޓޭލް ވަނީ އެކަމށް އޭނާގެ އެޖެންސީން ތައީދު ކުރާކަމަށް ވިދާޅުވެފައެވެ. ނޭޝަނަލް އިންޓެލިޖެންސް އެޖެންސީގެ ޑިރެކްޓަރު ޓޫލްސީ ގަބާޑް ވަނީ ކޮމީ ހައްޔަރު ކުރުމަށް ގޮވާލައްވާފަ އެވެ.

ކޮމީ ވިދާޅު ވަނީ އެ އަދަދުތައް ބިންމަތީގައި އެޅީ އޭނާއެއް ނޫން ކަމަށެވެ. އަދި އެ އަދަދު ފެނުމުން އޭނާ ފޮޓޯއެއް ނަގައި ހިއްސާކޮށްލީ ކަމަށެވެ.

8647 އަކީ ޓްރަމްޕާ ދެކޮޅު މުޒާހަރާތަކުގައި ބޭނުން ކުރާ ބޯޑެކެވެ. އެ ބޯޑު ބޭނުން ކުރާ މީހުންގެ މަގްސަދަކީވެސް އެއިން ދޭހަވާ މާނައެވެ.

2024 ވަނަ އަހަރު ޓްރަމްޕް އަވަހާރަކޮށްލަން އުޅުނު ދެ ފަހަރެއްގެ މަތިން އުޅެފައި ވެއެވެ. 2025 ވަނަ އަހަރުގެ އޭޕްރީލް މަހު މީހަކު ވަނީ ޓްރަމްޕް އަވަހާރަކޮށްލަން ރާވާފައެވެ.

Krassenstein also pointed out that conservatives had also sold '86 46' shirts during the Biden administration

ހިއްސާ ކުރައްވާ!