އަވަސް | އިނގިރޭސިވިލާތާއި ފްރާންސް އަދި ކެނެޑާގެ ލީޑަރުންގެ ބަޔާން: ނަތަންޔާހޫ ސަރުކާރުން ކުރާ އަނިޔާވެރި އަމަލުތައް ކުރިއަށް ގެންދާއިރު އަޅުގަނޑުމެން އަތް އުރާލައިގެން ނުތިބޭނަން.
އަވަސް | އިނގިރޭސިވިލާތާއި ފްރާންސް އަދި ކެނެޑާގެ ލީޑަރުންގެ ބަޔާން: ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް ވޮޝިންޓަނާއި ގަތަރާއި މިސްރުން ކުރަމުންދާ މަސައްކަތްތަކަށް އަޅުގަނޑުމެން ތާއީދުކުރަމެވެ.
އަވަސް | އިނގިރޭސިވިލާތާއި ފްރާންސް އަދި ކެނެޑާގެ ލީޑަރުންގެ ބަޔާން: ޣައްޒާގައި ބާކީ ތިބި ހުރިހާ ރަހީނުން ވަގުތުން ދޫކޮށްލުމަށް ހަމާސްއަށް އަޅުގަނޑުމެން ޑިމާންޑް ކުރަމެވެ.
އަވަސް | ޔޫކޭ އަދި ފްރާންސް އަދި ކެނެޑާގެ ލީޑަރުންގެ ބަޔާން: އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތައް ހުއްޓާނުލައި، އެހީދިނުމަށް އަޅާ ހުރަސްތައް ހުއްޓާ ނުލައިފިނަމަ އަޅުގަނޑުމެން ފިޔަވަޅު އަޅާނަން.
އަވަސް | ޔޫކޭ ފްރާންސް އަދި ކެނެޑާގެ ލީޑަރުންގެ ބަޔާން: އަޅުގަނޑުމެން ވެސްޓް ބޭންކުގައި އާބާދީތައް އިތުރުކުރުމާ ދެކޮޅުހަދަމެވެ. އަދި އޭގެ ތެރޭގައި ޣައްޒާ ހިމެނޭ ގޮތަށް ފިޔަވަޅުތަކެއް އަޅަފާނަމެވެ.
އަވަސް | ޔޫކޭ ފްރާންސް އަދި ކެނެޑާގެ ލީޑަރުންގެ ބަޔާން: ޣައްޒާގެ އާންމު ރައްޔިތުންނަށް އަސާސީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްރާއީލުން އިންކާރުކުރުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ.
އަވަސް | ޔޫކޭ ފްރާންސް އަދި ކެނެޑާގެ ލީޑަރުންގެ ބަޔާން: އަޅުގަނޑުމެން އިޒްރޭލަށް ގޮވާލަނީ ޣައްޒާގައި ހިންގާ ހަނގުރާމަވެރި ޢަމަލުތައް ހުއްޓާލުމަށާއި، ވަގުތުން އެހީތެރިކަން ވެއްދުމަށް ހުއްދަދިނުމަށް.
އަވަސް | ޔޫކޭ ފްރާންސް އަދި ކެނެޑާގެ ލީޑަރުންގެ ބަޔާން: ޣައްޒާއަށް ކުޑަ މިންވަރެއްގެ ކާބޯތަކެތި ވެއްދުމަށް އިޒްރޭލުން ހުއްދަދިން ކަމަށް ބުނުމަކީ އެއްގޮތަކަށްވެސް ފުދޭވަރެއް ނޫން.
އަވަސް | ޔޫކޭ ފްރާންސް އަދި ކެނެޑާގެ ލީޑަރުންގެ ބަޔާން: އަޅުގަނޑުމެން އިސްރާއީލު ސަރުކާރުގެ ބައެއް މެންބަރުންގެ ނަފްރަތުގެ ބަސްތަކާއި، މަޖުބޫރުން ބަޔަކު ވަޒަނުން ނެރުމަށް ދޭ ބިރުވެރި އިންޒާރުތައް ކުށްވެރިކުރަން.
އަވަސް | ޔޫކޭ ފްރާންސް އަދި ކެނެޑާގެ ލީޑަރުންގެ ބަޔާން: ޣައްޒާގެ އާންމު ރައްޔިތުންނަށް އަސާސީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިޒްރޭލުން އިންކާރުކުރުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން.
އިޒްރޭލާ އެކު ވިލާތު އިއްތިހާދުން ހަދާފައިވާ ޕާޓްނާޝިޕް އެއްބަސްވުން ހުއްޓާލުމާ ގުޅޭ ގޮތުން ޔޫރަޕިއަން ޔޫނިއަން އިން މާދަމާ މަޝްވަރާ ކުރާނެ ކަމަށް އިޒްރޭލް ހަޔޯމް ނޫހުން ދެންމެ ބުނެފިއެވެ.
ޔޫރަޕްގެ މަސްދަރަކާ ހަވާލާދީ އިޒްރޭލް ހަޔޯމް ނޫހުން ބުނެފައިވަނީ އިޒްރޭލާއެކު ހަދާފައިވާ ޕާޓްނަޝިޕް އެގްރީމަންޓް މެދުކަނޑާލުމާ ގުޅޭގޮތުން ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ވަޒީރުން މާދަމާ މަޝްވަރާކުރާނެ ކަމަށެވެ.
މިކަން ކުރަން ވެއްޖެކަމަށް އެންމެ ފުރަތަމަ ބުނެފައި ވޗަނީ ނެދަލެންޑްގެ ޚާރިޖީ ވަޒީރެވެ. އއަށް ފަހު ސްޕެއިންގެ ޚާރިޖީ ވަޒީރެވެ. އަދި އެއަށްފަހު ފްރާންސްގެ ރައީސެވެ. ދެން އެއަށްފަހު އިޓަލީގެ ބޮޑު ވަޒީރެވެ. އަދި މިރޭ ފްރާންސް ޔޫކޭ ކެނެޑާއިން ވަނީ އިޒްރޭލަށް އިންޒާރު ދީފައެވެ.






