ޣައްޒާއިން އައި ހަނގުރާމައިގެ އަސީރުންގެ ސިކުނޑި ދޮވެފައި ކަމަށް ބުނެފި

ހަމާސްގެ އޯގާތެރި މެހުމާންދާރީގައި ތިބެފައި އެނބުރި އައިސްފައިވާ ހަނގުރާމައިގެ އަސީރުންގެ ސިކުނޑި ޙަމާސްއިން ދޮވެފައިވާ ކަމަށާއި އެމީހުންނާއި ވާހަކަ ދައްކައި މުއާމަލާތު ކުރުމަކީ ފަރުބަދައެއް ކެނޑުން ފަދަ ކަމެއް ކަމަށް އިޒްރޭލު ޕާލަމެންޓްގެ މެމްބަރަކު ބުނެފިއެވެ.

ވެރިކަން ކުރާ ލިކޫދު ޕާޓީގެ އެމްކޭ ތާލީ ގޮޓްލީބް ބުނަނީ "ޣައްޒާއިން އެނބުރި އަންނަ ކޮންމެ އަސީރު މީހެއްގެ ސިކުނޑި ދޮވެފައިވަނީ ހަމާސްއިން"  ކަމަށެވެ.

އޭނާ ބުނަނީ އެމީހުން ވާހަކަ ދައްކައި އުޅެނީވެސް ހަމާސްއިން ވާހަކަ ދައްކާ ގޮތަށް ކަމަށެވެ.

"ވާހަކަ ދައްކަނީ ހަމާސްއިން ވާހަކަ ބުނާ ބަސްތަކަކުން" އިޒްރޭލުން ޖެނޮސައިޑް ހިންގާ ކަމަށް ބުނެ އިޒްރޭލު ކުށްވެރިކޮށް ދައްކާ ވާހަކައަށް އިޝާރާތް ކޮށް ޕާލަމެންބަރު ބުންޏެވެ.

ހިއްސާ ކުރައްވާ!