އިޒްރޭލާ މެދު ދެކޭ ގޮތަށް 24 ގަޑިއިރު ތެރޭ ބޮޑެތި ބަދަލުތަކެއް

އިޒްރޭލާ ދެކޮޅަށް ދުނިޔެއާއި އެމެރިކާއާއި ޔޫރަޕްގެ ޤައުމުތަކުގެ ޚިޔާލު މިދިޔަ 24 ގަޑިއިރު ތެރޭ ވަރަށް ބޮޑަށް ބަދަލު ވެފައިވާ ކަން ފާހަގަ ކުރެވެއެވެ. ޔޫރަޕްގެ ޖަމާއަތުން އިޒްރޭލާއެކު ހަދާފައިޥާ ޕާޓްނާޝިޕް އެއްބަސްވުމާ މެދު މިއަދު، ގޮތެއް ނިންމާނެ ކަމށް ބެލެވެއެވެ.

ޔޫކޭއާއި ފްރާންސާއި ކެނެޑާއިން ވަނީ އިޒްރޭލުގެ ޔަހޫދީ ނޭއްގާނި އަމަލުތަކާ ދެކޮޅަށް އިންޒާރުތަކެއް ދީފައެވެ.

އިތުރު އެހެން ޑިވެލޮޕމެންޓެއްގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ގާތް ފަރާތްތަކާ ޙަވާލާދީ، އެމެރިކާގެ "ވޮޝިންގްޓަން ޕޯސްޓް" ނޫހުން ބުނަނީ އިޒްރޭލުގެ ޖަރީމާތަކާ ހެދި އެމެރިކާއިން ވެސް އިޒްރޭލުން އޮތް ފޮޅާލާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށެވެ.

އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި "ޣައްޒާގެ ހަނގުރާމަ ނިންމާ ނުލައިފިނަމަ، ޓްރަމްޕް އިޒްރޭލުން އަތް ފޮޅާލާނެގ ކަމުގެ އިންޒާރު އިޒްރޭލަށް ދީފައިވާނެ" އެވެ.

އެ މަސްދަރުތަކާ ޙަވާލާދީ އެނޫހުން އިތުރަށް ބުނެފައިވަނީ ހަނގުރާމަ ހުއްޓާލުމަކީ ނެތަންޔާހޫއަށް "ސިޔާސީ ގޮތުން ކުރިންވެސް ކުރެވުނު ގޮތަށް" މިހާރުވެސް ކުރެވިދާނެ ކަމެއް ކަމަށެވެ. އަދި ކަނެސެޓްގައި އޭނާގެ ލިކޫދު ޕާޓީއަށް އޮތް، ބޮޑު އަޣުލަބިއްޔަތަކާއެކު އެކަން ކުރެވިދާނެ ކަމަށެވެ. ނަމަވެސް، "ނަތަންޔާހޫގެ ކިބައިގައި އެކަމަށް ބޭނުންވާ ސިޔާސީ އިރާދައެއް ނެތް" ކަމަށް އެމެރިކާއިން ދެކޭ ކަމަށެވެ.

އެ ނޫހުން މި ވާހަކަ ގެނެސްދެމުން ބުނެފައި ވަނީ މުޅި ޣައްޒާ ކޮންޓްރޯލު ކުރުމަށް އިޒްރޭލުން ވާހަކަ ދައްކާއިރު، "ޣައްޒާ މީހުން ބަނޑަށް ޖެއްސުމަކީ، ޢަމަލީ އަދި ޑިޕްލޮމެޓިކް ސަބަބުތަކަށްޓަކައި ނަތަންޔާހޫއަށް ކުރެވިގެންވާނެ ކަމެއް ނޫން" ކަމަށެވެ.

"ވޮޝިންގްޓަން ޕޯސްޓް" ގެ ރިޕޯޓުގައި ބުނެފައި ވަނީ، ނަތަންޔާހޫ ޣައްޒާއާ ބެހޭ ގޮތުން، "ރަތް ރޮނ ރޮނގު" މި ޢިބާރާތް ބޭނުން ކުރުމަކީ، "ޣައްޒާގައި ޖަމާޢީކޮށް މީހުން ބަނޑަށް ޖެއްސުމަށް ވާހަކަ ދެއްކުން ކަމުގައި ވަނީނަމަ،  އެކަމަކީ، އިޒްރޭލަށް އެމެރިކާގެ އެހީތެރިކަން ގެއްލެން ދިމާވެދާނެ ކަމެއް" ކަމަށެވެ.

އިޒްރޭލުން ޣައްޒާއަށް އިއްޔެ ވައްދާފައި ވަނީ އެންމެ 9 ލޮރީގެ ކާނާއެވެ. އދން ބުނެފައި ވަނީ އެއީ ފުންކަނޑަކަށް ފެން ތިއްވެއް ވައްޓާލުން ފަދަ ކަމެއް ކަމަށެވެ.

ޒަޔަނިސްޓު ޔަހޫދީ "ސިފައިން" ވަނީ ޣައްޒާގެ ދެކުނުގައި ޚާން ޔޫނިސްއަށް ބޮން އަޅައި ވައިގެ ހަމަލާތައް ދީފައެވެ. މިކަމުގެ ސަބަބުން ލޮރިތައް ވެއްދުމަށާއި ލޮރިތަކުގެ ދަތުރުތަކަށް އުދަގޫވެފައިވާ ކަމަށްވެސް އެހީ ދިނުމުގެ މަސައްކަތުގައި އުޅޭ އިސްފަރާތަކުން ވޮޝިންޓަން ޕޯސްޓަށް އަންގާފައި ވެއެވެ.

ޣައްޒާގައި، ސަރުކާރުގެ މީޑިއާ އޮފީހުން ބުނެފައި ވަނީ އިއްޔެ "އެއްވެސް މާނަހުރި އެހީއެއް ޣައްޒާއަށް ވައްދާފައިނުވާ" ކަމަށެވެ.

ހިއްސާ ކުރައްވާ!