ޖައުލާނީގެ ސިޔާސީ ޝަޚުސިއްޔަތު ބައްޓަން ކޮށްދިނުމުގައި އެމެރިކާ ސަފީރުގެ ދައުރު

ސޫރިޔާގެ ލީޑަރު ޖައުލާނީ އަކީ އެމެރިކާއިން އިދްލިބްގައި ސިޔަސީ ތަމްރީނު ދީފައިވާ ކުރީގެ ހަނގުރމަވެރިއެއް ކަމަށް ސޫރިޔާގައި ހުންނެވި އެމރިކާގެ ކުރީގެ ސަފީރު ވިދާޅުވެއެވެ. ކުރީގެ ސަފީރު ރޮބަޓް ފޯޑް ވިދާޅުވި ވާހަކަތައް އެމރިކާ ސަރުކާރުންނާއި ސޫރިޔާ ސަރުކާރުން ވަނީ ބުހުތާނު ދޮގުކަމަށް ބުނެ ކުށްވެރި ކޮށްފައެވ

ފޯދް ވިދާޅުވަނީ، ޖައުލާނީ "ސިޔާސީ ގޮތުން ބައްޓަން ކުރުމަށް" 2023 ވަނަ އަހަރުގެ މާޗް މަހު އިދްލިބުގައި ރައީސް އަހުމަދު އައްޝަރުއު ޖައުލާނީ ބައްދަލުކުރެއްވި ކަމަށެވެ.

އެއީ ޖައުލާނީއާ ބައްދަލު ކުރެއްވި އެތައް ބައެއްގެ އެތައް ބައްދަލުވުން ބައެއް ކަމަށް ސޫރިޔާއިން ބުނެއެވެ. މި ބައްދަލުވުންތަކަކީ އިދްލިބުގެ ތަޖުރިބާ ކިޔައިދިނުމަށް އެތަނަށް ޒިޔާރަތްކުރާ ގިނަ ވަފުދުތަކާއެކު އާދައިގެ މަތިން ބާއްވާ މަޝްވަރާތަކެއްގެ ބައެކެވެ. އިނގިރޭސިވިލާތުގެ ރިސާޗް އޯގަނައިޒޭޝަނެއްގެ ވަފުދުގައި ވަޑައިގަތް ފޯޑް ވަނީ އިދްލިބާ ބެހޭ އާންމު މައުޟޫއުތަކާ ބެހޭ ގޮތުން ޖައުލާނީ އެއިރު މަޝްވަރާ ކުރައްވައި ފައެވެ. އަދި އެ ބައްދަލުވުންތައް ދިޔައީ ފޯޑް ވިދާޅުވާ ގޮތަކަށް ނޫން ކަމަށް ސޫރިޔާގެ ރައީސް އޮފީހުން ބުނެއެވެ.

ބާލްޓިމޯ ކައުންސިލް އޮން ފޮރިން ރިލޭޝަންސްގެ ސެޝަނެއްގައި ވާހަކަ ދައްކަވަމުން ފޯޑް ވިދާޅުވެފައި ވަނީ ޓެރަރިޒަމުން ސިޔާސީ ދާއިރާއަށް ޖައުލާނީ ނެރެދީ، ސިޔާސީ ގޮތުން ތަސައްރަފު ފުދޭ ލީޑަރެއްގެ ގޮތުގައި އޭނާގެ ޝަޚުސިއްޔަތު ބައްޓަން ކުރުމަށް އެހީތެރިވުމަށް އިނގިރޭސިވިލާތުގެ ކޮންފްލިކްޓް ރިޒޮލިއުޝަން ގްރޫޕަކުން ދިން ދައުވަތާ ގުޅިގެން މަސައްކަތް ކުރި ކަމަށެވެ. ފޯޑްވެސް އިދްލިބަށް ވަޑައިގަތީ އެ ވަފްދުގައި ކަމަށެވެ.

ހަނގުރާމަވެރި ސިކުނޑިއަކުން ގޮތް ދޫކުރާ ސިޔާސީ ލީޑަރަކަށް ވާނެ ގޮތާއި މައުޟޫއީ ގޮތަކަށް ކަންކަމާ މެދު ވާހަކަ ދައްކާނެ ގޮތުގެ ތަމްރީނު ޖައުލާނީއަށް ދެވުނު ކަމަށް ފޯޑް ވިދާޅުވެއެވެ.

ފޯޑަކީ، 2011 އިން 2014 އަށް ސީރިއާގައި ހުންނވި އެމެރިކާގެ ސަފީރު އެވެ. ފޯޑް އަކީ ސީރިއާ އިންގިލާބުގެ ކުރީ އަހަރުތަކުގައި ފިތުނަ އުފައްދައި ކަންކަން ރާވައި ދިނުމުގައި އިސް ދައުރެއް އަދާކޮށްދެއްވި ބޭފުޅެކެވެ.

ހިއްސާ ކުރައްވާ!