ސީރިއާއާ ދެކޮޅަށް އަޅަމުން ދިޔަ ދަތިކުރުމުގެ ފިޔަވަޅުތައް 180 ދުވަހުގެ މުއްދަތަށް މަޑުޖައްސާލާފައިވާ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވަނީ ހޮނިހިރު ދުވަހު އިޢުލާނުކޮށްފައެވެ. މިކަމުގެ މަޤްޞަދަކީ އިންވެސްޓްމަންޓްތަކާއި ފައިސާގެ ދައުރުވުން އިތުރުކޮށް، އަލުން ބިނާކުރނާކުރުމުގެ މަސައްކަތްތައް ކުރިއެރުވުމަށް ކަމަށް ވިދާޅުވެއެވެ.
ރޫބިއޯ މި ލުއިދިނުން ސިފަކުރައްވާފައިވަނީ "ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސީރިއާއާއެކު އައު ގުޅުމެއް ޤާއިމުކުރުމުގެ ވިސްނުމުގެ ފުރަތަމަ ފިޔަވަޅު" ގެ ގޮތުގައެވެ. އަދި މިކަމުން ކަރަންޓާއި، ފެނާއި، ނަރުދަމާ ފަދަ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިވާނެ ކަމަށް ވިދާޅުވެފައިވެއެވެ.
އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުން ވެސް ވަނީ މި ލުއި ދިނުމުން އައު އިންވެސްޓްމަންޓްތަކާއި އަމިއްލަ ފަރާތްތަކުގެ ވިޔަފާރި ޙަރަކާތްތަކަށް މަގުފަހިވެ، ސީރިއާގެ އިޤްތިޞާދު އަނބުރާ އާރާސްތުކުރުމަށް އެހީތެރިވެދޭނެ ކަމަށް ބުނެފައިވެއެވެ.
މި ފިޔަވަޅުތަކުން، އިންސާނީ ޙައްޤުތަކަށް އަރައިގަތް ފަރާތްތަކާއި ކުރީގެ ސަރުކަރުގެ ވެރިކަން އިސްތިސްނާކޮށްފައިވެއެވެ.
ޖައުލާނީ ސަރުކާރުގެ ފޮރިން މިނިސްޓްރީން މި ނިންމުމަށް މަރުޙަބާ ކިޔާފައިވާއިރު، މިއީ އިންސާނިއްޔަތާއި އިޤްތިޞާދީ ގޮތުން ކުރިމަތިވެފައިވާ ދަތިތައް ލުއިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް ބުނެފައިވެއެވެ. މި ނިންމުން އައިސްފައިވަނީ ޓްރަމްޕް ކުރިން ސަޢޫދީ ޢަރަބިއްޔާގައި އެމެރިކާގެ ހުރިހާ ދަތިތަކެއް ނައްތާލާނެ ކަމަށް އިޢުލާނުކުރުމަށްފަހުގައެވެ. އަދި ސީރިއާގެ ވަގުތީ ސަރުކާރަށް އައިސިސް އަލުން ބާރުގަދަވިޔަ ނުދިނުމަށާއި އިސްރާއީލާއެކު ޔަހޫދީ އިބްރާހީމީ އެއްބަސްވުމުގައި ބައިވެރިވުމަށް ޓްރަމްޕް ފިއްތުމާއެކުގައެވެ. ޔޫރަޕިއަން ޔޫނިއަނުން ވެސް ވަނީ އެފަރާތުގެ ދަތިތައް ނައްތާލާފައެވެ.
ދިމިޝްޤްގައި ޓްރަމްޕް ޓަވަރު އެޅުމުގެ ކަންކަން ދާގޮތްވެސް ޓްރަމްޕް ބަލާނެ ކަން ޔަގީނެވެ.






