30 އަހަރުގެ ނަރުހެއް ކަމުގައިވާ އެޑްރިއާނާ ސްމިތު (ފޮޓޯގައި)އަކީ ސިކުނޑި މަރުވެފައިވާ މީހެއްކަމަށް، 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޑޮކްޓަރުން އިއުލާން ކުރިއެވެ. އެއިރު އޭނާގެ ބަނޑަށް 22 ހަފްތާއެވެ.
އެޓްލާންޓާގެ އެމޮރީ ޔުނިވަރސިޓީ ހޮސްޕިޓަލް މިޑްޓައުންގައި އޭނާ އަދިވެސް ވަނީ ލައިފް ސަޕޯޓްގައި ބަހައްޓާފައިވެއެވެ. އޭނާގެ ބަނޑުގައވާ ދަރިފުޅުގެ ވިންދު ހުރުމާއެކު އެޑްރިއާނާ ވަޅުލެވޭކަށެއް ނެތެވެ.
އޭނާގެ އާއިލާއަށާއި އޭނާގެ މަންމައަށް ވަކިން ޚާއްސަކޮށް މިކަމުން ނުތަނަވަސްކަން ލިބިފައި ވެއެވެ. ބަނޑުގައިވާ ދަރިފުޅުގެ ހިތުގެ ވިންދު ޖަހަން ފެށުމަށްފަހު، އެއީ ގާތްގަނޑަކަށް 6 ހަފްތާގެ ފަހުން ދަރި ވެއްޓުން ޖޯޖިޔާގައި މަނާ ކަމަކަށްވާތީ މަންމަ މަރުވެފައިވީނަމަވެސް ދަރިފުޅަށްޓަކައި ލައިފްސަޕޯޓުގައި ބާއްވަން ޖެހެއެވެ.
ބަނޑުގައިވާ ދަރިފުޅަށް ދީފައިވާ ނަމަކީ ޗާންސެވެ. އޭނާގެ ސިކުނޑީގައި ވަނީ ފެން އުފެދިފައެވެ. އަދި ދުނިޔެއަށް އަންނަ އިރު، އޭނާގެ ނުކުޅެދުންތެރިކަން ހުރުމަކީ އެކަށީގެންވާ ކަމެކެވެ. އަދި އޭނާ ހުރުމުގެ ފުރުސަތާ މެދުވެސް ސުއާލު ކުރެވެއެވެ.
އަންހެންމީހާގެ މަންމަ ބުނަނީ މިއީ މައްޔިތާއަށް ކުރެވޭ އަނިޔާއެއް ކަމަށެވެ.
އެމެރިކާގައި ސުޕްރީމް ކޯޓުން ކޮށްފައިވާ ޙުކުމެއްގެ ސަބަބުން ބަނޑުގައިވާ ކުއްޖާގެ ޙައްޤުތަކަށް އިސްކަންދޭން ޖެހެއެވެ.
މިހާލަތުގައި މިހާރު ވަނި އައު ބަހުސެއް އުފެދިފައެވެ. އަދި ހޮސްޕިޓަލުން ބުނެފައިވަނީ އެމީހުން ޢަމަލުކުރަނީ ސްޓޭޓްގެ ޤާނޫނުތަކާ އެއްގޮތަށް ކަމަށެވެ.







