ޔޫނުސްގެ އިންޒާރު ބަނގްލަދޭޝް ސިފައިންނަށް

ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ އިސް ލަފާދާރު ޑރ. މުޙައްމަދު ޔޫނުސް ސިފައިންނަށް އިންޒާރު ދެއްވައިފިއެވެ. އޭނާ ވިދާޅުވެފައި ވަނީ، ރައްޔިތުންގެ އެދުމަށް ސިފައިން އިޖާބަ ނުދެނީނަމަ، އަދި ވެރިކަން ކުރުމަށް ހުރަސް އެޅޭނަމަ، ރައްޔިތުންގެ އެހީތެރިކަމާއެކު ސިފައިންނާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމަށެވެ. ޑރ. ޔޫނުސްގެ އިންޒާރަކީ، އިންތިޚާބު އަވަހަށް ބާއްވައި ޑިމޮކްރެޓިކް ސަރުކާރަކަށް ޤައުމު ފިރާލުމަށް އެދި، ސިޔާސީ ޕާޓީތަކާއި ސިފައިން ގޮވާލަމުން ގެންދިއުމުން ދެއްވާފައިވާ އިންޒާރެކެވެ.

މިއީ ސިފައިންގެ އިސްވެރިޔާ އާއި ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން އެދެމުން ދަނީ، 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރިން އާންމު އިންތިޚާބު ބާއްވައި ދެއްވުމަށެވެ.

ޑާކާގައި، ވޭތުވެދިޔަ 9 މަސްދުވަހު ބޮޑެތި އިހުތިޖާޖުތަކާއި ގިނަ މުޒާހަރާތައް ކުރިއަށް ގެންދިއުމުގެ ސަބަބުން، 2024 ވަނަ އަހަރުގެ އޯގަސްޓް 5 ވަނަ ދުވަހު ޝެއިޚް ހަސީނާގެ ސަރުކާރު ވަނީ ވައްޓާލެވިފައެވެ.

ކިޔަވާ ކުދިންނާއި އިސްލާމީ ޖަމާޢަތްތަކުގެ އެހީތެރިކަމާއެކު އުފެދުނު ވަގުތީ ސަރުކާރުން މަގުމަތީގެ އިހުތިޖާޖުތަކަށް އިޖާބަދީފައި ކުރީ ސަރުކާރަށް ތާއިދު ކުރި މީހުން މަގާމުން ދުރުކޮށްފައި ވެއެވެ.

ބަނގްލަދޭޝްގެ އިޤްތިޞާދީ ހާލަތު ދަށަށްދިއުމާއި ޤާނޫނު ނެގެހެއްޓުމާއި  ނިޒާމު ގޯސްވަމުންދިއުމާ ގުޅިގެން ޔޫނުސްއަށް ފިއްތުންތައް ކުރިމަތި ވަމުން ދެއެވެ. ޔޫނުސް އިސްތިއުފ ދެއްވަފާނެ ކަމަށް ދެކެވުނު ވާހަކަތައް އޭނާ ވަނީ، ހޮނިހިރު ދުވަހުގެ ބައްދަލުވުމަކަށްފަހު ދޮގު ކުރައްވައި، އޭނާގެ ލީޑަރޝިޕް އަލުން ޔަޤީންކޮށް ދެއްވާފަވެއެވެ. އޭނާ ވަނީ ބީއެންޕީ އާއި ޖަމާއަތޭ އިސްލާމީގެ ލީޑަރުންނާ ބައްދަލު ކުރައްވައި، ހަމަނުޖެހުންތަކާ މެދު މަޝްވަރާކުރައްވާފައެވެ. ވަގުތީ ސަރުކާރުން ބުނަމުންދަނީ އިންތިޚާބަކީ އިސްކަންދޭ ކަމެއްކަމަށެވެ. ނަމަވެސް އިންތިޚާބު އަވަސްކުރުމަށް ބާރުއަޅާ ވާހަކަތަކާ ދެކޮޅު ހަދައެވެ. އަދ ޔޫނުސް ބޭނުންފުޅު ވަނީ އިންތިޚާބަކާ ނުލައި، 2026 ވަނަ އަހަރުގެ ޖޫން މަހާ ހަމައަށް ވެރިކަމުގައި ހުންނަވާށެވެ.ADV

ހިއްސާ ކުރައްވާ!