ކުލީ ސިފައިންގެ އެހީދޭ ޖަމާއަތުގެ ބޮޑު މީހާ ވަކިވެއްޖެ

ޢައްޒާގައި އައު އެހީގެ ޕްރޮގްރާމެއް ފެށުމުގެ ކުރިން ޕްރޮގްރާމް ހިންގާ ފަރާތުގެ އިސްވެރިޔާ އިސްތިއުފާދީފި އެވެ. ޢައްޒާގައި އެމެރިކާ ކުލީ ސިފައިންގެ އައު އެހީގެ ޕްރޮގްރާމެއް ބަލަހައްޓާ ގްރޫޕްގެ އިސްވެރިޔާ އިސްތިއުފާ ދީފައިވަނީ ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވާ ވަގުތުގެ ކުރިންނެވެ. އޭނާ ބުނި ގޮތުގައި މި މަޤާމުގައި މިނިވަންކަމާއެކު މަސައްކަތް ނުކުރެވޭނެ ކަމެކެވެ.

ޢައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރު ޖޭކް ވުޑް އިސްތިއުފާ ދީފައިވަނީ ނިއު ޔޯކް ޓައިމްސް އާ ނޫސްތަކުގައި މި ގްރޫޕްގެ މިނިވަންކަމާއި އިޒްރޭލާ އޮތް ގުޅުމާ މެދު ސުވާލު އުފެދޭ ޚަބަރުތަކެއް ޝާއިޢުކުރުމަށް ފަހުގައެވެ.

ފައުންޑޭޝަނުން ބޭރު ކުރި ބަޔާނެއްގައި ވުޑް ބުނެފައިވަނީ "މި ޕްލޭން ތަންފީޒު ކުރުމަށް އިންސާނިއްޔަތު، ވަކިފަރާތަކަށް ނުޖެހުން، ހަމަހަމަކަން އަދި މިނިވަންކަން ހިމެނޭ އިންސާނީ އުސޫލުތަކަށް ހަރުދަނާކޮށް ތަބާވުމާއެކު މަސައްކަތް ކުރެވޭނެ ކަމަކަށް ނުފެނެއެވެ. އަދި އަހަރެން މި އުސޫލުތަކާ ދުރެއް ނުވާނަމެވެ."

ވުޑްގެ އިސްތިއުފާ އައިސްފައިވަނީ ޢައްޒާގައި މިހާރު އޮތް އެހީގެ ނިޒާމު ބަދަލުކޮށް، އިޒްރޭލާއި ޔަހޫދީން ވާގިވެރިވާ ގާޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަނުން ބަލަހައްޓާ ނިޒާމަކަށް ބަދަލުކުރުމަށް އިޒްރޭލުން ކުރަމުންދާ މަސައްކަތާ ގުޅިގެން އާންމު އެހީގެ ދާއިރާގައި އުފެދެމުންދާ ހިތްހަމަނުޖެހުން އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. މި ފައުންޑޭޝަނަކީ މިދިޔަ އަހަރުގެ ފަހުކޮޅު އުފައްދާފައިވާ އައު އަދި ތަޖުރިބާއެއް ނެތް ގްރޫޕެކެވެ. މި ފައުންޑޭޝަނުން ވަނީ ކުރީގެ ސީއައިއޭ އޮފިސަރެއް ހިންގާ ކުންފުންޏެއްގެ ކުލީ ސިފައިންނާ ހަވާލުކޮށްގެން އިޒްރޭލުގެ ބާރުގެ ދަށުގައިވާ ދެކުނު ގާޒާގެ ސަރަޙައްދުތަކުގައި ހަތަރު ތަނަކުން ކާބޯތަކެތި ބެހުމުގެ މަސައްކަތް ކުރުމަށް ހަމަޖައްސާފައެވެ.

ހިއްސާ ކުރައްވާ!