އިޒްރޭލަށް ޖާސޫސްކޮށްދިން މީހުންނަށް 640 އަހަރުގެ ޖަލު ހުކުމެއް

ތުރުކީގައި އިޒްރޭލްގެ ޖާސޫސުން ހަރަކާތްތެރިވި ނެޓްވޯކް ހިންގި ކަމަށް ބެލެވޭ ކުރީގެ ފުލުހެއް ހައްޔަރުކޮށްފިއެވެ. ތުރުކީގެ އިސްތަންބޫލް އަދި އިޒްމިރުގައި ފާއިތުވި އަހަރު ހިންގި އޮޕަރޭޝަނެއްގައި، އިޒްރޭލްގެ އިންޓެލިޖެންސް އޭޖެންސީ މޮސާދްގެ ފަރާތުން ތުރުކީގައި ދިރިއުޅޭ ފަލަސްތީނު އެކްޓިވިސްޓުންގެ މައްޗަށް ޖާސޫސްކަން ކުރި ނެޓްވޯކެއް ހިންގި ކަމަށް ބެލެވޭ ކުރީގެ ފުލުސް އޮފިސަރެއް ހައްޔަރުކޮށްފިއެވެ. ތުރުކީގެ ނޫސް "ސަބާހު" ގައި ޝާއިޢުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، ގޮނެން ކަރަކާޔާ އާއި އޭނާގެ އެކުވެރިޔާ އަހުމަދު ޔުރުތްސެވެން އަދި އިތުރު ފަސް މީހުން ހައްޔަރުކޮށްފައިވަނީ ތުރުކީގެ ނެޝަނަލް އިންޓެލިޖެންސް އޯގަނައިޒޭޝަން (އެމްއައިޓީ) އިން ހިންގި އޮޕަރޭޝަނެއްގައެވެ.

އިސްތަންބޫލްގެ ޗީފް ޕަބްލިކް ޕްރޮސެކްރޮސެކިއުޓަރުގެ އޮފީހުން ތަހުގީގު ނިންމާފައިވާ ކަމަށާއި، މި ހަތް މީހުން ވެސް ހައްޔަރުކޮށްފައިވަނީ "ގާނޫނާ ޚިލާފަށް މަޢުލޫމާތު ހޯދުން ނުވަތަ ފެތުރުން"، އަދި "ކުށްވެރި ޖަމާޢަތެއްގެ މެންބަރަކަށްވުން" އަދި "ސިޔާސީ ނުވަތަ އަސްކަރީ ޖާސޫސީ ހަރަކާތް ހިންގި ކަމަށައި ދައުލަތުގެ ސިއްރު މަޢުލޫމާތު ހޯދުން" ގެ ކުށުގައި ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ހުރިހާ މުއްތަހަމުންނަށް ވެސް ޖުމްލަ 640 އަހަރާ ހަމައަށް ޖަލަށް ލުމުގެ އަދަބެއް އަންނާނެ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ދަޢުވާގައި ބުނެފައިވާ ގޮތުން، ކަރަކާޔާ އާއި މޮސާދްގެ އޮންލައިން އޮޕަރޭޝަންސް ސެންޓަރާ ގުޅުން އުފެދިފައިވަނީ 2019 ގައި ކަމަށާއި، މި ގުޅުން ދެމެހެއްޓިފައިވަނީ 2024 ގެ ފެބްރުއަރީގައި އޭނާ ހައްޔަރުކުރެވުނު ވަގުތާ ހަމައަށެވެ.

މި މައްސަލައިގައި އިތުރު ތަހުގީގުތައް ކުރިއަށްދާ ކަމަށާއި، ތުރުކީގެ ސަލާމަތީ ބާރުތަކުން މި މައްސަލައަށް ނުހަނު ސީރިއަސްކަމެއް ދޭ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

ހިއްސާ ކުރައްވާ!