ޖާންވީ ކަޕޫރު ރެޓްރޯ ބޮލީވުޑް ގްލެމަރ ސާރީއެއްގައި ފެނިއްޖެ

ބޮލީވުޑްގެ މަޝްހޫރު ތަރި ޖާންވީ ކަޕޫރު ވަނީ ރެޓްރޯ ބޮލީވުޑް ގްލެމަރ ސްޓައިލްގެ ހުދު ސާރީއެއްގައި ފެނިފައެވެ. މި ސާޅީގައި ފެންނަނީ ފޮޅޭ މަލުގެ ކުރެހުންތަކެކެވެ.

ޖާންވީ ކަޕޫރުގެ މި ސާޅީގައި ފެންނަނީ ހުދު ކުލައިގެ މައްޗަށް އޮރެންޖް ކުލައިގެ ޑެއިޒީ މަލުގެ ކުރެހުންތަކެކެވެ. މި މަލުތަކުގެ މެދުގައި ކަޅު ޑޮޓްތަކެއް ވެސް ފެނެއެވެ. މި ސާރީއާ އެކު އޭނާ ވަނީ އޮރެންޖް ކުލައިގެ ބްލައުޒެއް ލައިފައެވެ. މި ބްލައުޒްގެ ފަހަތުގައި ކުޑަ ރިބަނެއް ވެސް ފެނެއެވެ.

ޖާންވީ ކަޕޫރު މި ހެދުމާ އެކު ވަނީ މުތުން ހަދާފައިވާ ބޮޑެތި ޖަވާހިރު ޖެހި ފަށެއް އަޅައި، އަދި މުތުގެ ބްރޭސްލެޓެއް ވެސް އަޅާފައެވެ. އޭނާގެ މޭކަޕްގައި ފެންނަނީ ބޯލްޑް އައިލައިނަރ އަކާއި، މައުވް ކުލައިގެ ލިޕްސްޓިކެކެވެ. އަދި ނިތްކުރީގައި ބިންޑީއެއް ވެސް ފެނެއެވެ.

ޖާންވީ ކަޕޫރުގެ އިތުރުން ކްރިތީ ސަނޯން ވެސް ވަނީ މިފަދަ ސްޓައިލްގެ ސާރީއެއްގައި ފެނިފައެވެ. މި ދެ ތަރިން މިފަދަ އެއް ސްޓައިލްގެ ހެދުމެއް ލައިގެން ފެނުމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ދެ ތަރިންގެ ސްޓައިލް އަޅާކިޔަން ފަށާފައެވެ.

ޖާންވީ ކަޕޫރަކީ "އުއްލަޖް" އަދި "މިސްޓަރ އެންޑް މިސޒް މާހީ" ފަދަ ފިލްމުތަކުގައި ފެނިފައިވާ ތަރިއެކެވެ. އޭނާގެ ފެޝަން ސްޓައިލްއަކީ ގިނަ ބަޔަކު ފަހަތުން ދާ ސްޓައިލްއެކެވެ.ADV

ހިއްސާ ކުރައްވާ!