ޖަރުމަނުގެ ފޮރިން މިނިސްޓަރ އިޒްރޭލަށް: މަޖުބޫރު  ކޮށްގެން އެއްބައިވަންތަކަމެއް ނުދައްކާނަން

ޖަރުމަނުގެ ފޮރިން މިނިސްޓަރ ޔޯހާން ވަޑީފުލް ވަނީ އިޒްރޭލުގެ ފޮރިން މިނިސްޓަރާ ގުޅުއްވާނެ ކަމަށާއި، މިހާރުގެ ހާލަތަކީ "ދުނިޔެއަށް ކެތް ކުރެވޭނެ ހާލަތެއް ނޫން" ކަމަށް ވިދާޅުވެފައެވެ. މިނިސްޓަރ ވަޑީފުލް މިހެން ވިދާޅުވެފައިވަނީ ރޮއިޓަރސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.

"އަޅުގަނޑު އިޒްރޭލުގެ ފޮރިން މިނިސްޓަރާ ގުޅާނަން. މިހާރުގެ ހާލަތަކީ އެއްގޮތަކަށްވެސް ކެތްއ ކުރެވޭނެ ހާލަތެއް ނޫން،" މިނިސްޓަރ ވަޑީފުލް ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ ވަޑީފުލް ވިދާޅުވީ "ޣައްޒާގެ ރައްޔިތުންނަށް ކާނާއާއި ބޭހުގެ އެހީ ނުލިބުމަކީ އެއްގޮތަކަށްވެސް ގަބޫލުކުރެވޭނެ ކަމެއް ނޫން. މިއީ ވަރަށް ނުރައްކާތެރި ހާލަތެއް،" ކަމަށެވެ.

މީގެއިތުރުން، މިނިސްޓަރ ވަޑީފުލް ވަނީ ޖަރުމަނުވިލާތުން މަޖުބޫރުން އިޒްރޭލާއެކު އެއްބައިވަންތަކަން ނުދައްކާނެ ކަމަށް ވިދާޅުވެފައެވެ. "ޖަރުމަނުވިލާތުން މަޖުބޫރުން އިޒްރޭލާއެކު އެއްބައިވަންތަކަމެއް ނުދައްކާނެ. އަޅުގަނޑުމެންގެ ސިޔާސަތުތަކަކީ މިނިވަން އަދި މުސްތަގިއްލު ސިޔާސަތުތަކެއް،" އޭނާ ވިދާޅުވިއެވެ.

އަދި މިހާރު ޖަރުމަނުވިލާތުން ވަނީ އިތުރު ފިޔަވަޅުތަކެއް އަޅަންޖެހޭ ހާލަތެއް އައިސްފި ކަމަށްވެސް  ވިދާޅުވެފައެވެ. "މިވަގުތު އަޅުގަނޑުމެން ވަނީ އިތުރު ފިޔަވަޅުތަކެއް އަޅަންޖެހޭ ހިސާބުގައި. އަޅުގަނޑުމެން މިހާރު ވިސްނަންޖެހޭ ކޮން ފިޔަވަޅުތަކެއްތޯ ވަރަށް ފުންކޮށް ދިރާސާކުރަމުން މިދަނީ،" އޭނާ ވިދާޅުވިއެވެ.

ޖަރުމަނުގެ ފޮރިން މިނިސްޓަރގެ މި ބަޔާނަކީ ޣައްޒާގެ ހަނގުރާމައިގެ ސަބަބުން އުފެދިފައިވާ އިންސާނީ ހާލަތާ ގުޅޭގޮތުން ބައިނަލްއަގުވާމީ މުޖުތަމަޢުގެ ކަންބޮޑުވުން އިތުރުވަމުންދާ ދަނޑިވަޅެއްގައި ދެއްވާފައިވާ ބަޔާނެކެވެ.

ހިއްސާ ކުރައްވާ!