ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އިޒްރޭލުގައި ނަފްސާނީ ފަރުވާ ހޯދާ މީހުންގެ އަދަދު އިތުރުވެފައިވާކަމަށް އިޒްރޭލީ ރިޕޯޓެއްގައި ބުނެފައިވެއެވެ. މި ރިޕޯޓުގެ މަޢުލޫމާތު ހާމަކޮށްފައިވަނީ އިޒްރޭލީ ނޫސް "ޔެދިއޯތް އަހަރޯނޯތް" އިންނެވެ.
ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ހަނގުރާމަ ފެށުނީއްސުރެ 66،000 އަށްވުރެ ގިނަ ޔަހޫދީ ޓެރަރިސްޓް ސިފައިންނާއި އެމީހުންގެ ޢާއިލާތަކުން ނަފްސާނީ ފަރުވާއާއި އެހީތެރިކަން ހޯދާފައިވެއެވެ. މީގެ އިތުރުން އިޒްރޭލުގެ އާންމު ރައްޔިތުންގެ ތެރެއިން ނަފްސާނީ ފަރުވާ ހޯދާފައިވާ މީހުންގެ އަދަދު 9 ލައްކައަށްވުރެ އިތުރުވެފައިވާކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
ރިޕޯޓުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި ނަފްސާނީ ފަރުވާ ހޯދާފައިވާ ސިފައިންގެ ތެރޭގައި ހިތްދަތިކަމާއި އިޖްތިމާޢީ ގުޅުންތަކުގައި މައްސަލަ ދިމާވާ މީހުން ހިމެނެއެވެ. މި ހާލަތަކީ ހަނގުރާމައިގެ ސަބަބުން ސިފައިންނަށް ކުރިމަތިވެފައިވާ ނަފްސާނީ ޞިއްޙަތުގެ ގޮންޖެހުންތަކުގެ ނަތީޖާއެއްކަމަށް ބެލެވެއެވެ.
ޔަހޫދީންގެ ތެރޭގައި ޔަހުޔާ ސިންވާރަށް ބިރުން ދަންޖެހޭ މީހުންވެސް އިތުރު ވެފައި ވެއެވެ. ސިންވާރު ވަނީ ޝަހީދުވެފައެވެ.




