ފަލަސްތީނު މިނިވަންކުރުމަށް މަސައްކަތްކުރާ ޕޮޕިއުލަރ ފްރަންޓުން ބުނަނީ ޔަހޫދީންގެ ވާގިވެރިކަމާއެކު އެމެރިކަ ކުލީ ސިފައިން ހަދާފައިޥާ ކާނާއި އެހީ ދޭ މަރުކަޒުތައް ކަމަށް ބުނާ ތަންތަނަކީ މަރުގެ ދަންތުރައެއް ކަމަށެވެ. އަދި އެތަންތަނުން ސަލާމަތް ވުމަށާއި ކައިރި ނުވުމަށް ރައްޔިތުންނަށް އިންޒާރުދީފިއެވެ.
އެ ޖަމާޢަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މަރުކަޒުތަކަކީ "އިންސާނީ އެހީ" ގެ ނަމުގައި މީހުން ހައްޔަރުކުރުމަށާއި ނަސްލީ ތަފާތުކުރުން އާލާކުރުމަށް ބޭނުންކުރާ ވަސީލަތްތަކެއް ކަމަށެވެ. އަދި މި މަރުކަޒުތަކަކީ ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ކުރިއަށްދާ "ނައްތާލުމުގެ ހަނގުރާމަ އާއި ޒަޔަނިސްޓުންގެ ހޮލޯކޯސްޓް" ގެ ބައެއްގެ ގޮތުގައި ބޭނުންކުރާ ތަންތަން ކަމަށް ވެސް ބުނެފައިވެއެވެ.
ޕޮޕިއުލަރ ފްރަންޓުން ބުނެފައިވާ ގޮތުގައި މި މަރުކަޒުތަކަކީ އިސްރާއީލުން ރާވާފައިވާ ފަލަސްތީނުން ރައްޔިތުން ބޭރުކުރުމުގެ ޕްލޭންގެ ބައެކެވެ. އަދި މި މަރުކަޒުތަކަކީ ޣައްޒާގެ އާބާދީ ހުސްކޮށްލުމަށާއި، ރައްޔިތުން އެމީހުންގެ ގެދޮރާއި ކޭމްޕްތަކާއި ރަށްތަކުން ސާފުކުރުމަށް ބޭނުންކުރާ ސިޔާސީ އަދި އަސްކަރީ ނިޒާމެއްގެ ބައެއް ކަމަށެވެ
އިތުރަށް އެ ޖަމާޢަތުން ބުނެފައިވަނީ މިއީ ޖަމާޢީ ކޮށް މީހުން ބޭރު ކުރުމަށާއި ހައްޔަރުކުރުމަށް ބޭނުންކުރާނެ ދޮރާށިތަކަކަށް ބަދަލުވެގެންދާނެ ތންތަނެވެ. އަދި މިއީ ނާޒީން ޔަހޫދީން ގެންގުޅުނު ކޭމްޕްތައް އަލުން "މަޑުމައިތިރި" ގޮތަކަށް އުފެއްދުމުގެ މަސައްކަތެއް ކަމަށް ވެސް ބުނެފައިވެއެވެ.
ނާޒީންނަށްވެސް ކޮންސެންޓްރޭޝަން ކެމްޕްތައް ހެދުމުގެ ޚިޔާލު ދިނީ ޔަހޫދީންނެގެ ތެރޭން ބައެކެވެ.





