ޣައްޒާއަށް ފޮނުވި އެހީ ވަގަށް ނެގީ އެމެރިކާ ކުލީ ސިފައިން

ޣައްޒާއަށް ފޮނުވި އިންސާނީ އެހީ ވަގަށް ނެގިކަމަށް ބުނެ، އެމެރިކާ-އިސްރާއީލުގެ ކުލީ ސިފައިންގެ ޖަމުއިއްޔާއާއި އިސްރާއީލުގެ ސިފައިންގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކުރެވިއްޖެއެވެ. މި މައްސަލަ ހާމަކޮށްފައިވަނީ ޔޫރޯ މެޑް ހިއުމަން ރައިޓްސް މޮނިޓަރގެ ވެރިޔާ ރާމީ އަބްދުﷲ އެވެ.

ރާމީ އަބްދުﷲ ވިދާޅުވި ގޮތުގައި މިއަދު ޣައްޒާގައި ބަހާފައިވާ އެހީގެ ތެރެއިން ބައެއް ތަކެއްޗަކީ ރަހުމާ ވޯލްޑްވައިޑްގެ އަތުން ވަގަށް ނަގާފައިވާ ތަކެއްޗެވެ.

ވަގުންނަކީ އެމެރިކާ-އިސްރާއީލުގެ ކުލީ ސިފައިންގެ ކުންފުންޏަކާއި އިސްރާއީލުގެ އިސްތިއުމާރީ ސިފައިންނެވެ. މި ޚަބަރު ފެތުރުމާއެކު، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ކަންބޮޑުވުން އިތުރުވެފައިވެއެވެ.

ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުގައި، ރަހުމާ ވޯލްޑްވައިޑްއިން ޣައްޒާއަށް ފޮނުވި އެހީގެ ޓްރަކްތަކުގެ ތެރެއިން ބައެއް ޓްރަކްތައް ވަނީ އަތުލައިގަނެފައިވެއެވެ. މަތިން އިޒްރޭލުގެ ސިފައިން ވަނީ ބަޑިޖަހަމުން ފަލަސްތީން ފުލުހުން ދުރަށް ޖައްސާފަ އެވެ. އަދި މި ވަގަށް ނެގި ތަކެތި، ކަށިނަރު ޖަހާފައިވާ ކުލީ ސިފައިން ކޮންޓްރޯލް ކުރާ ތަންތަނަށް ގެންގޮސްގެން އަމިއްލަ އޮޕަރޭޝަންތަކުގެ ތެރެއިން އަލުން ބެހީއެވެ.

ހިއްސާ ކުރައްވާ!