އަޤްޞާ ޠޫފާނަށް ފަހު އިޒްރޭލުން ޣައްޒާގައި ހިންގާ ހަނގުރާމައިގެ ޖަރީމާތަކުގެ ތެރޭގައި، އިޒްރޭލަށް ހަނގުރާމައިގެ ޖަރީމާތައް ހިންގަން 90،000 ޓަނަށްވުރެ ގިނަ ހަތިޔާރާއި ސަމާނު ސަޕްލއި ކޮށްދީފައިވާ ކަމަށް ޔަހޫދީންގެ ޤައުމުގެ ދިފާއީ ވުޒާރާއިން ހާމަކޮށްފިއެވެ. މިއީ 800 ވައިގެ ދަތުރާއި 140 ކަނޑު ދަތުރުގެ ޒަރީއާއިން ގެނެވުނު ތަކެތި ކަމަށް އެ ބުނެފައިވެއެވެ.
މިތަކެތި ގެނަސްފައި ވަނީ މިސްރުގެ ރައީސާއި ޖޯޑަންގެ ރަސްގެފާނުގެ ސީދާ ބައިވެރިވުމާއެކުގައެވެ.
އިޒްރޭލުގެ ދިފާއީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ހަތިޔާރުތަކުގެ ތެރޭގައި ހިމެނެނީ ވަޒަނާއި، ހަނގުރާމަވެރި އުޅަނދުތަކާއި، ސިފައިންގެ ރައްކާތެރިކަމަށް ބޭނުންކުރާ ސާމާނާއި، ހަނގުރާމައިގެ ޖަރީމާތައް ހިންގާ ނާޒީ ޒަޔަނިސްޓު ޓެރަރިސްޓު ސިފައިންގެ ޞިއްޙީ ފަރުވާއަށް ބޭނުންވާ ތަކެއްޗެވެ. މި ސަޕްލައި އޮޕަރޭޝަން ހިންގަމުން ގެންދަނީ އެމެރިކާގައި ހުރި އިޒްރޭލުގެ އެމްބަސީއާއި އިޒްރޭލުގެ އެހެނިހެން ސިފައިންގެ ބައިތަކާއި ޔަހޫދީންނާ ގުޅިގެން ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ނަސްލުނައްތާލުމަށް ޔަހޫދީން ހިންގާ މި ހަނގުރާމައިގެ ސަބަބުން މިހާތަނަށް 54،000 އަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ޝަހީދުކޮށް ލައްކަ މީހުންނަށް އަނިޔާކޮށްފައި ވެއެވެ.





