ބަންގްލަދޭޝްގެ އަވާމީ ލީގަށް ސުލްޙަވެރި ބަދަލަކަށް މަގުފަހިކުރެވޭނެތަ؟

ބަންގްލަދޭޝްގެ ކުރީގެ ވެރިކަން ކުރި ޕާޓީ، އަވާމީ ލީގް މަނާކުރެވިފައިވީ ނަމަވެސް، އެ ޤައުމުގެ ސިޔާސީ މަސްރަޙުގައި އަދިވެސް މުހިންމު ދައުރެއް އެޕާޓީން އަދާކުރަމުންދާކަމަށް ސިޔާސީ މުހައްލިލުން ފާހަގަކުރަމުންދެއެވެ. ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ޒަޢާމަތުގައި ހިންގަމުން އައި މި ޕާޓީ މަނާކުރެވުނީ 2024 ވަނަ އަހަރުގެ އޮގަސްޓު މަހުއެވެ. އެއީ، މުޒާހަރާތަކެއް އަނިޔާވެރިކޮށް ރޫޅާލުމަށްފަހު ޝެއިޚް ހަސީނާ ވެރިކަމުން ވައްޓާލުމާ ގުޅިގެންނެވެ.

މިހާރު ވަގުތީ ސަރުކާރެއްގެ ގޮތުގައި ވެރިކަން ހިންގަމުންދަނީ މުޙައްމަދު ޔޫނުސްގެ ސަރުކާރަކަށް މަގުތަކާއި އާންމުން ކޮންޓްރޯލު ކުރެވޭ ފަދަ ބިންގަލެއް ނެތް ކަމަށް ބެލެވެއެވެ. ނަމަވެސް، ޤައުމު ހަމަ މަގަށް އެޅުވުމަށް ގިނަގުނަ ގޮންޖެހުންތަކާ  ޔޫނުސއަށް ކުރިމަތިލާންޖެހިފައިވެއެވެ. އަވާމީ ލީގް މިހާރު ސިއްރުން ހަރަކާތްތެރިވަމުން ދިޔަ ނަމަވެސް، އަލުން އެއްބައިވެ، ބަންގްލަދޭޝްގެ ސިޔާސީ މުސްތަޤުބަލަށް ނުފޫޒު ފޯރުވުމުގެ ފުރުޞަތު އޮތްކަމަށް ބެލެވެއެވެ.

ޖެނަރަލް އިރުޝާދާ ދެކޮޅަށްވެސް ޑިމޮކްރެސީއަށްޓަކައި ނިކުތީ އަވާމީ ލީގާއި ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީން ގުޅިގެންނެވެ.

ސިޔާސީ މުހައްލިލުންގެ ނަޒަރުގައި، އަވާމީ ލީގްގެ ވަރުގަދަ ރައްޔިތުންގެ ތާއީދާއި ޕާޓީގެ ހަރުދަނާ އޮނިގަނޑަކީ އެ ޕާޓީ ދެމިއޮތުމަށް މަގުފަހިކޮށްދޭ ކަންކަމެވެ. ނަމަވެސް، ޚުދުމުޚުތާރު ވެރިކަމެއް ހިންގި ތާރީޚެއް އޮތުމުން، ސުލްޙަވެރި ބަދަލެއް ގެނައުމުގެ ޤާބިލުކަން އެ ޕާޓީގައި ހުރިކަމާމެދު ސުވާލު އުފެދެއެވެ. އަވާމީ ލީގަށް އަލުން ޝަރުޢިއްޔަތު ލިބޭނީ ޑިމޮކްރެޓިކް އިޞްލާޙުތަކަށް މަރުޙަބާ ކިޔައި، ކުރީގެ ކުށްތަކަށް އިޢުތިރާފުވެ އިޞްލާޙުވުމުން ކަމަށް މުހައްލިލުން ދެކެއެވެ.

ބަންގްލަދޭޝްގެ ހަމަޖެހުން ބިނާވެގެންވަނީ އަވާމީ ލީގަށް ޤައުމު ބިނާކުރުމުގައި އިޖާބީ ދައުރެއް އަދާކުރެވޭ ބަޔަކަށް ވެގެން އަދި  ބައިބައިވުމުގެ ސަބަބުައް ނައްތާލައިގެންނެވެ.

މިހާރު މުޅި ބަނގްލަދސް އިންތިޒާރުކުރަނީ އެއްބައިވަންތަކަމާއި އެކުވެރިކަމުގެ މަގަކަށާއި، އެންމެންގެ ބައިވެރިވުން އޮންނަ ވެރިކަމަކަށެވެ.ADV

ހިއްސާ ކުރައްވާ!